މިފްކޯއާއި ހޮރައިޒަންއިން މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު ބޮޑުކޮށްފި

breaking

މިފްކޯއާއި ހޮރައިޒަންއިން މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު ބޮޑުކޮށްފިއެވެ.

މިއަދުން ފެށިގެން މިފްކޯއާއި ހޮރައިޒަން އިން މަސްވެރިންނަށް ޑީސަލް ލީޓަރެއް ވިއްކާނީ 8 ރުފިޔާ 50 ލާރިއަށެވެ.

މިފްކޯއިން އެންމެ ފަހުން މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު ބޮޑުކޮށްފައިވަނީ 22 ނޮވެމްބަރ 2020 ގައެވެ. އެއީ ޑީސަލް ލީޓަރެއް 7 ރުފިޔާ 17 ލާރިއަށެވެ. މިފްކޯއިން މިފަަހަރު ތެލުގެ އަގަށް ގެނައި ބަދަލުގެ ސަބަބުން، ތެޔޮލީޓަރަކުން ވަނީ 1 ރުފިޔާ 33 ލާރި ބޮޑުވެފައެވެ.

ހޮރައިޒަންއިން މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު ބޮޑުކުރީ މީގެ 5 ދުވަސް ކުރިން، 18 ޖެނުއަރީ 2020 ގައެވެ. އެއީ ލީޓަރެއް 7 ރުފިޔާ 75 ލާރިއަށެވެ.

މަސްވެރިން އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހޮރައިޒަންއިން ތެލުގެ އަގު މިހާ އަވަހަށް ބޮޑުކުރީ މިފްކޯއިން މިއަދުން ފެށިގެން ތެޔޮވިއްކާ އަގު ބޮޑުކުރުމާއި ގުޅިގެންނެވެ.

ކޮވިޑް-19 ގެ ސަބަބުން ދަތުރުފަތުރަށް އައި ހީނަރުކަމުގެ ސަބަބުން ތެލުގެ ޑިމާންޑް ދަށްވިނަމަވެސް، މިހާރު މަޑުމަޑުން ތެލުގެ އަގު އުފުލެމުންދާތީވެ، ކުރިއަށް އޮތް މަސްތަކުގައިވެސް ތެލުގެ އަގު މަށްޗަށް ދާނެކަމަށް ތެޔޮވިއްކާ ފަރާތްތަކުން ބުނެއެވެ.

މި ޒަމާނުގެ ބޮޑެތި ދޯނިފަހަރުން ބޭރުކަނޑުގައި މަސްވެރިކަން ކުރާ ދުވަހެއްގައި މަދުވެގެން 1200 ލީޓަރު އަޅަންޖެހެއެވެ. 1200 ލީޓަރު ތެޔޮ ލިބޭނީ 637 ކިލޯ މަސްބޭނިގެންނެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. Fuel price is controlled by STO when they got new shipment they raised follow by others,

ފަހުގެ