1611454009-600cd63938ac7

އިންޑޮނޭޝިއާގެ ކަނޑުގެ ސަރަޙައްދުން ޤަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ މަސް ބޯޓެއް އަތުލައިގަނެފި

އިންޑޮނޭޝިއާގެ ޚާއްޞަ އިޤްތިސޯދީ ސަރަހައްދުގައި ޤަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުންދާ ކަމުގެ ތުހުމަދުގައި ޓައިވާންގެ މަސް ބޯޓެއް އަތުލައިގަނެފިއެވެ.

ހައި ޗިއެން ސިންގް 20 ނަމަކަށް ކިޔާ ބޯޓުގައި 10 ފަޅުވެރިން މިހާރުވަނީ އިންޑޮނޭޝިއާގެ ނޭވީގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. މީގެ ތެރޭގައި ހިމެނެނީ ބޯޓުގެ ކައްޕި ކަމުގައިވާ ޓައިވާން މީހަކާއި، އަދި ހަމަ ޓައިވާނަށް ނިސްބަތްވާ 2 މީހަކާއި، އިންޑޮނޭޝިއާގެ 7 މީހުންނެވެ.

މަސްބޯޓު އަތުލައިގަތް ސަރަޙައްދު

މި ބޯޓު އަތުލައިގަނެފައިވަނީ އިންޑޮނޭޝިއާގެ ޙާއްސަ އިޤްތިސާދީ ސަރަޙައްދުގެތެރޭގައި ހިމެނޭ ދެކުނު ނަޓުނާ ކަނޑުގެ ސަރަޙައްދުންނެވެ. އިންޑޮނޭޝިއާގެ ނޭވީގެ ބެލުމުގެ ދަށަށް ބޯޓު ގެނައިއިރު ބޯޓުގައި 12 ޓަނުގެ މަސް ހުއްޓެވެ.

މި މައްސަލައިގައި ބަލަންޖެހޭ އިތުރު ކަންތައްތަކަށް މި ބޯޓު މިހާރުވަނީ އިންޑޮނޭޝިއާގެ ރަނާއީ ނެވަލް ބޭސް އަށް ޓޯވ ކޮށްގެން ގެންގޮސްފައެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!