ފަރުމަހަށް ނުކުތް ދޯންޏެއް އައްޑޫސިޓީ ހިތަދޫ ނެރަށް އަރައިފި

koamas

ފަރުމަހަށް ނުކުތް ދޯންޏެއް އައްޑޫސިޓީ ހިތަދޫ ނެރުމައްޗަށް އަރައިފިއެވެ.

މި ހާދިސާ ހިނގިއިރު ދޯނީގައި ތިބީ 3 ދިވެހިންނާއި ފަތުރުވެރިއެކެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ. ހާދިސާ ހިނގުމާއެކު ދޯނީގައި ހުރި ފަތުރުވެރިޔާ ކައިރީ ރިސޯޓަކަށް ގެންގޮސްފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ މިހާދިސާގެ ރިޕޯޓު ލިބިފައި ވަނީ މިއަދު ހެނދުނު 09:53 ހާއިރު ކަމަށާއި މި ދޯނި ފުންކުރުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ޑައިވަރުން މިހާރު ހަރަކާތްތެރި ވަމުން ދާކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ