EsvI2_GUcAUeB-2

ހޯރަފުށީގައި އައިސްޕްލާންޓެއް ގާއިމް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ހއ. ހޯރަފުށީގައި އައިސްޕްލާންޓެއް ގާއިމް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިއަދު ހަވީރު މިފްކޯ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ސީއީއޯ އިސްމާއިލް ފައުޒީއެވެ. އަދި ޗަންޕާ ބްރަދަރސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުއްވީ އެކުންފުނީގެ ޑިރެކްޓަރ ސާރާ މުޙައްމަދެވެ.

ހއ ހޯރަފުށީގައި އައިސްޕްލާންޓެއް ތަރައްޤީކުރުމުގެ މަޝްރޫޢުއަކީ ޕަބްލިކް ޕްރައިވެޓް ޕަރޓްނަރޝިޕް މޮޑެލްގައި ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫޢެކެވެ. އެގޮތުން އަށް ފައިނޭންސް ކުރުމަށް ހަމަޖެހިފައިވަނީ ޗަންޕާ ބްރަދަރސްއިންނެވެ.

ހޯރަފުށީގައި ޤާއިމްކުރުމަށް ހަމަޖެހިފައިވަނީ 25 މެޓްރިކް ޓަނުގެ އައިސްޕްލާންޓެކެވެ. މިފްކޯގެ ސީއީއޯ އިސްމާއިލް ވިދާޅުވީ މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާތާ 150 ދުވަހުގެ ތެރޭގައި މަޝްރޫއުގެ މަސައްކަތް ނިންމާލުމަކީ އަމާޒެއް ކަމަށެވެ.

މިއަހަރުތެރޭ ރާއްޖޭގެ ތޭރަ ރަށެއްގައި އައިސްޕްލާންޓު އެޅުމަށް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިންވަނީ ނިންމާފައެވެ. އެގޮތުން މި ރަށްތަކުގެތެރޭގައި

ހއ. ދިއްދޫ، ހއ. ހޯރަފުށި، ށ.ކޮމަންޑޫ، ރ.މަޑުއްވަރީ، ކ.ގާފަރު، ފ.ފީއަލި، މ.މުލައް، ދ.ކުޑަހުވަދޫ، ގއ.ގެމަނަފުށި، ލ.މާމެންދޫ، އދ.މަހިބަދޫ، އއ.ރަސްދޫ އަދި ގދ.ފިޔޮރީ ހިމެނެއެވެ. މީގެތެރެއިން ގއ.ގެމަނަފުށީ އައިސްޕްލާންޓަކީ 50 މެޓްރިކް ޓަނުގެ އައިސްޕްލާންޓެކެވެ. އަދި ދެންހުރި ހުރިހާ ރަށެއްގައި ޤާއިމްކުރަނީ 25 މެޓްރިކް ޓަނުގެ އައިސްޕްލާންޓްތަކެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!