މަލާހާ-2
މަލާހާ-2

ރާއްޖޭގެ މަސްވެރިކަން ދުނިޔޭގައި ޕްރަމޯޓްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ރާވާފަ: އިކޮނޮމިކް މިނިސްޓްރީ

ރާއްޖޭގެ މަސްވެރިކަން ދުނިޔޭގައި ޕްރަމޯޓްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު އިޔާދު ހަމީދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީން ގެނެސްދިން މަސްވެރިންގެ ސައްލާ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މުޙައްމަދު އިޔާދު ހަމީދު ވިދާޅުވީ، ފިޝަރީޒް ޕްރަމޯޝަން ބޯޑު އަލުން އެކުލަވާލާ ރާއްޖޭގެ މަސްވެރިކަން ދުނިޔޭގެ މާރކެޓްތަކުގައި ޕްރަމޯޓް ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށުމަށް ހަމަޖެހިފައިވާކަމަށެވެ. ރާއްޖޭގެ މަސްވެރިކަން ދުނިޔޭގެ މާރކެޓްތަކުގައި ޕްރަމޯޓް ކުރެއްވިޖެނަމަ ރާއްޖޭގެ މަހަށް ބޮޑު އަގު ލިބިގެންދާނެކަން އިޔާދު ފާހަގަކުރެއްވިއެވެ.

"ރާއްޖޭގައި މިއޮތީ މުޅި ދުނިޔޭގައިވެސް އެންމެ ސާފު އެންމެ ތިމާވެއްޓާ ރަހުމަތްތެރިކޮށް ކުރެވޭ މަސްވެރިކަން. އެހެންވީމަ ހަޤީޤަތުގައި ރާއްޖޭގެ މަސްވެރިކަން ވަރަށް ރަނގަޅަށް އަޅުގަނޑުމެންނަށް އެބައޮތް މާކެޓް ކުރެވެން. ރާއްޖޭގެ މަހަށް އެބަޖެހޭ ޕްރީމިއަމްއެއް ލިބެން. އެކަމަކު މިހާރު މިއޮތީ އެހެނެއް ނޫން. ދާއަޅައިގެން ހިފާ މަހެކޭ ރާއްޖޭގައި ދޮށީގައި ބާނާ މަހެކޭ ދާދި އެއް އަގެއްގައި ދުނިޔޭގެ މާކެޓްގައި މި ވިކެނީ. މިކަން ބަދަލުކުރަން ބޭނުންނަމަ އަޅުގަނޑުމެން އެބަޖެހޭ ޕްރޯ އެކްޓިވްކޮށް ރާއްޖޭގެ މަސް މާރކެޓް ކުރުމުގެ މަސައްކަތް ކުރަން." އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު އިޔާދު ހަމީދު ވިދާޅުވިއެވެ.

ފާއިތުވި ދިގު ތާރީހުގައި ރާއްޖޭގެ މަސްވެރިކަން ޕަރަމޯޓް ކުރަން މަސައްކަތް ކުރެވިފައިނެތްކަން ފާހަގަކުރައްވާ އިޔާދު ވިދާޅުވީ އެ މަސައްކަތް ކުރާނީ މި ސަރުކާރުން ކަމުގައެވެ.

"ރާއްޖޭގެ ފަތުރުވެރިކަން 70 ގެ އަހަރު ތަކުގައި ފެށިގެން މިއަދާ ހަމައަށް އައިއިރުގާ ވަރެަށް ބޮޑެތި މަސައްކަތްތަކެއް އެބަހުރި ކުރެވިފަ ރާއްޖެ ޑެޝްޓިނޭޝަނެއްގެ ގޮތުގައި ޕްރަމޯޓް ކުރުމަށް. މިހާރު މޯލްޑިވްސް އޭ ބުނީމަ ދުނިޔޭގެ ކޮންމެ މީހަކަށްވެސް އެބަ މަންޒަރެއް ސިފަވޭ. ރީތި ގޮނޑުދޮށްތަކާ ލަކްޒަރީ ޓޫރިޒަމެއް އޮތް ތަނެއްކަން އެބަ ސިފަވޭ. ހަމައެގޮތަށް މޯލްޑިވްސް ފިޝް އޭ ބުނީމަ، ރާއްޖޭގައި ބާނާފައިވާ މަހޭ ބުނީމާ ކޮންމެމީހަކަށްވެސް އެބަ ސިފަވާންޖެހޭ މިއީ މުޅި ދުނިޔޭގައިވެސް އޮތް އެންމެ ސަސްޓެއިނަބަލް އެންމެ ތިމާވެއްޓާ ރައްޓެހި މަސްވެރިކަމުން ބާނާފައި ހުރި މަސްކަން. އެ މަންޒަރު އެބަ ސިފަވާން ޖެހޭ. މިކަން ކުރެވޭނީ ވަރަށް ރަނގަޅަށް މާކެޓިންގެ މަސައްކަތްތަކެއް ކުރެވިގެން." ސްޓޭޓް މުޙައްމަދު އިޔާދު ހަމީދު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

2 Responses

  1. ކޮއްކޯ ހަމީދު ދާއަޅައިގެން މަސް ނެގުމާއި, ދޮށީގަ ބޭނުމާ އަގަށް ބަދަލު އަންނަން ޖެހޭ ސަބަބަކީ ކޮބާ? ދާއަޅައިގެން މަސް ނަގައިފި ނަމަ އަނިޔާ ވުން ކުޑަ ނުވާނެބާ? ބޭނީމާ ބޮޑަށް އަނިޔާ ވާނެ ނޫންތޯ? ހަމަހޭގަ ހުރެގެން ވާހަކަ ދައްކާތި.

  2. ސައިންޓިފިކު ވާހަކަ ދައްކައިގެން އިޝްތިހާރު ކުރައްވާ. ރާއްޖޭގެ ކަނޑު ތަކުން ބާނާ މަހުގެ ރަހަ މީރުވަނީ ކީއްވެކަން ބުނެދީ.