ރާއްޖޭގެ މަހުގެ އުފެއްދުންތަކުގެ ގޮތުގައި "އޮޅުވާލައިގެން" ޔޫރަޕްގައި މަސް ވިއްކާ މައްސަލަ ފެންމަތިވެއްޖެއެވެ.
މަސްވެރިން އެމްވީއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރާއްޖޭގެ މަހުގެ އުފެއްދުންތައް ނޫން އެހެން އުފެއްދުންތަކުގެ ރާއްޖޭގެ ލޭބަލް ޖަހައިގެން "އޮޅުވާލައިގެން" އެންމެ ގިނައިން ތަކެތި ވެއްކަމުން ދަނީ އިނގިރޭސިވިލާތުގެ ސުޕަމާކެޓްތަކުގައެވެ. މީގެތެރޭގައި އެޤައުމުގެ މަޝްހޫރު ބައެއް ސުޕަމާކެޓްތައްވެސް ހިމެނެއެވެ.

"އެމީހުން މިތަކެތި މި ވިއްކަނީ ރާއްޖޭގެ ލޭބަލް ޖަހައިގެން ރާއްޖޭގެ އުފެއްދުންތަކެއްގެ ގޮތުގައި ދައްކަން. ރާއްޖޭގެ ލޭބަލް ޖަހައިގެން މި ވިއްކާ ޕްރޮޑަކްޓްތަކަކީ ރާއްޖެއިން މި އެކްސްޕޯޓްކުރާ ކޮލިޓީގެ އުފެއްދުންތަކެއްވެސް ނޫން. މާބޮޑަކަށް ކޮލިޓީދަށް. މީގެ ސަބަބުން ރާއްޖޭގެ އުފެއްދުންތަކަށް ރަނގަޅު އަގު ލިބުމަށް އެބަ ހުރަސްއެޅޭ. ހަޤީޤަތުގައި ވަރަށް ބޮޑު އޮޅުވާލުމެއް މިއީ. ސަރުކާރުން މިކަން ބަލާފަ މިކަމަށް ހުއްޓުވަން ޖެހޭ." ރާއްޖެއިން ޔޫރަޕްގެ ބާޒާރުތަކަށް މަސް ބޭރުކުރާ ކުންފުންޏެއްގެ ވެރިޔަކު ބުންޏެވެ.

ރާއްޖޭގެ އުފެއްދުންތަކުގެ ގޮތުގައި ރާއްްޖޭގެ ނަން ބޭނުންކޮށްގެން އެންމެ ގިނައިން ވިއްކަމުން ދަނީ މަސްދަޅާއި މަހުގެ އެެހެން އުފެއްދުންތަކެވެ. މިތަކެތީގެ ކޮލިޓީއާމެދު މިތަކެތި ގަންނަ ފަރާތްތަކުން ވެސް ގެންދަނީ ސުވާލު އުފައްދަމުންނެވެ.

3 Responses
ލަންކާ މީހުންގެ ކަމެއް
މޯލްޑިވްސް ގެ ނަމުގައި ނުކުރާކަމެއް ނެތް. މޯލްޑިވްސް އޭ ކިޔާ ރިސޯޓްތައް ވެސް މަދެއް ނޫން ދުނިޔޭގެ އެކި ހިސާބުތަކުގައި
Igireysi vilaathun thikuraa nulafaa kanthah misarukaarun kihineh balaanee mihaaru nigaumuge verinnah thibee igireysi vilaathuge verin ehen veema thikahala mahsala beleyne gotheh noanaane