މަސްވެރިކަމާއި ގުޅޭ

ގަވާއިދު: ބިދޭސީންނަށް ދިރާސާ ކުރުމަށް ހުއްދަ ދިނުން

ދިވެިހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރޭގައި ކަނޑާއި ކަނޑުގެ ޤުދުރަތީ ވަސީލަތްތަކުގެ ދިރާސާ ކުރުމާއި ބެހޭ ގަވާއިދުގެ 8 ވަނަ މައްދާގެ

(ހ) މި ގަވާއިދުގެ ދަށުން އެއްވެސް ބިދޭސީ އަމިއްލަ ފަރުދަކަށް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ދިރާސާ ކުރުމުގެ ހުއްދަ ދެވޭނީ، އެ ފަރާތަކާއެކު ޔުނިވަރސިޓީއަކުން، ނުވަތަ ކޮލެޖަކުން، ނުވަތަ ރިސަރޗް ލެބަކުން، ނުވަތަ އެނޫންވެސް އެފަދަ އެހެން ތަޢުލީމީ މަރުކަޒަކުން، ނުވަތަ އެފަދަ މަސައްކަތެއްގައި ހަރަކާތްތަރިވާ ޖަމުޢިއްޔާ ނުވަތަ ޖަމާޢަތަކުން އެ ދިރާސާއެއް ކުރުމަށް ހުއްދައެއް، ނުވަތަ އެއްބަސްވުމެއް، ނުވަތަ އެންޑޯސްމަންޓެއް އޮވެގެންނެވެ.

(ށ) މިނިސްޓްރީއާ ނުވަތަ ދައުލަތުގެ އެހެން އިދާރާއަކާއެކު ރަސްމީގޮތުން ވެވޭ އެއްބަސްވުމެއްގެ ދަށުން ދިރާސާ ކުރުމުގެ ހަރަކާތެއް ހިންގާ ބިދޭސީ ޖަމުޢިއްޔާއެއް ނުވަތަ ޖަމާޢަތެއް ފިޔަވައި އެނޫން އެހެން ބިދޭސީ ޖަމުޢިއްޔާއަކުން ނުވަތަ ޖަމާޢަތަކުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ތެރޭގައި ކަނޑާއި ކަނޑުގެ ޤުދުރަތީ ވަސީލަތްތަކުގެ ނުވަތަ ދިރުންތަކުގެ ދިރާސާ ކުރުމުގައި ހަރަކާތްތެރި ވާންވާނީ، ދިވެހިރާއްޖޭގެ ޤާނޫނުތަކުގައިވާ ގޮތުގެ މަތިން ދިވެހިރާއްޖޭގައި އެ ޖަމުޢިއްޔާއެއް ރަޖިސްޓަރީކޮށްގެންނެވެ.

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!