މަސްވެރިކަމާއި ގުޅޭ

Whales-showing-scarring-under-the-water.--scaled-e1612782453689

ކުރިން ހީކުރެވިފައިވާ ވަރަށްވުރެ ގިނަ އަދަދެއްގެ ބޮޑުމަސްތަކަށް މަސްވެރިކަމުގެ އަލާތްތަކުން އަނިޔާވަނީ ލިބިފައި

މަސްވެރިކަމަށް ބޭނުންކުރާ އާލަތްތަކުގެ ސަބަބުން ކުރިން ހީކުރިވަރަށްވުރެ ގިނަ އަދަދެއްގެ ބޮޑުމަސްތަކަކަށް އަނިޔާ ލިބިފައިވާ ކަމަށް ފަހުގެ ހޯދުންތަކުން ދައްކައިފިއެވެ.

ދާދިފަހުން ޔުނިވަރސިޓީ އޮފް ސެއިންޓް އެންޑްރޫގެ ސައިންސްވެރިން ކުރިއަށްގެންދިޔަ ދިރާސާއަކުން ދައްކާގޮތުން މަސްވެރިކަމަށް، މަސްވެރިން ބޭނުންކުރާ އާލާތްތައް ގައިގަ އޮޅިގެންނާއި އެކު ބޮޑުމަސްތަކަށްދަނީ ބޮޑެތި އަނިޔާތައް ލިބެމުންނެވެ.

އަނިޔާ ލިބިފައިވާ ބޮޑުމަހެއް

ދިރާސާ ކުރާ ޓީމުން ބޮޑުމަސްތަކަށް ލިބިފައިވާ އަނިޔާތައް ބެލުމަށް ބޭނުންކޮށްފައިވަނީ ޑްރޯންތަކެކެވެ. އަދި މި ޑްރޯންތަކުގެ އެހީގައި އެއްކޮށްފައިވާ މައުލޫމާތުތަކުން އެނގުނު ގޮތުގައި އެކި ކަހަލަ ހާނިކަތައް ބޮޑުމަސްތަކަށްވަނީ ލިބިފައެވެ.

އެގޮތުން ބޮޑުމަހުގެ ބާވަތެއްކަމުގައިވާ 'ހަމްޕްބެކް ވޭލް' ގެ އާބާދީގެ 60 އިންސައްތަ އާއި 80 އިންސައްތައާއި ދެމެދުގެ އަދަދެއްގެ ހަމްޕްބެކް ވޭލް އެއްގެ ހަޔާތުގައި މަދުވެގެން އެއް ފަހަރު ދަލެއްގައި އޮޅިގެން އަނިޔާއެއްވަނީ ލިބިފައެވެ.

މީގެކުރިން ޤަބޫލްކުރެވިފައިވަނީ އޭގެ އާބާދީގެ 10 އިންސައްތައަށް ކަމަށް މިފަދަ ހާދިސާއެއް ކުރިމަތިވެފައިވާނީ، ސަބަބަކީ ސައިޒުގެ ގޮތުން މި މަސްތައް ބޮޑުވުމެވެ. އެހެން ނަމަވެސް މިފަހުން ހެދި ދިރާސާއެއް ދެއްކި ނަތީޖާއިން އެންގިގެން ގޮސްފައިވަނީ ޖާނުން ކިތަންމެ ވަރުގަދަޔަސް ބޮޑުމަހަށްވެސް މިފަދަ އަނިޔާތައް ލިބެމުންދާ ކަމެވެ.

އަނިޔާ ލިބިފައިވާ މަހުގެ ނިގޫތަކެއް

ސައިންސްވެރިންގެ ޓީމުން ހާމަކުރާގޮތުގައި އެންމެ ގިނަ އަދަދެއްގެ ބޮޑުމަހަށް އަނިޔާ ލިބިފައިވަނީ އޭގެ ނިގުލަށެވެ.

 

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!