މަސްވެރިކަމާއި ގުޅޭ

WhatsApp Image 2021-02-10 at 09.32.55

ލ. މާމެންދޫ "މަސްދުވެލި"

ލ. މާމެންދޫ "މަސްދުވެލި" ދޯންޏަކީ ދޮށީގެ މަސްވެރިކަން ކުރުމަށް ޚާއްޞަ ދޯންޏެކެވެ.

102 ފޫޓު ދިގު 23 ފޫޓު ފުޅާ މި ދޯންޏަކީ އެންމެ ޒަމާނީ އާލާތްތަކާއެކު މަސްވެރިކަން ކުރާ ދޯންޏެކެވެ. ދޯނީގެ އިންޖީނަކީ 550 ހޯސްޕަވަރުގެ އިންޖީނެކެވެ. 18 މަސްވެރިންނާއެކު މަހަށްދާ މި ދޯނި އެއް ދުވަހުން އެންމެ ގިނައިން ބޭނީ 24 ޓަނު މަހެވެ. ދޯނީގެ ކެޔޮޅަކީ ލ.މާމެންދޫ މާފުނަ އަލީ ޝަރީފެވެ.

މި ދޯނީގެ އޮޑިވެރިޔާއަކީ ލ. މާމެންދޫ ވިތުރޯނު ވިލާ އަލީ އިދުރީސް (ބޮނިޓޯ އައްޔަ) އެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ފައިބަރު މަސްދޯންޏެއް ދުއްވީ އަލީ އިދުރީސް ކަމަށް މަޢުލޫމާތު ލިބެއެވެ.

ގުޅުންހުރި ލިޔުންތައް