_116877822_gettyimages-1215557663

އިނގިރޭސިންގެ މެދުގައި މަޤްބޫލް ނުވުމުން، މަހުގެ ދެ ބާވަތެއްގެ ނަން ބަދަލުކޮށްފި

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އިނގިރޭސިވިލާތް ވަކިވުމާއި ގުޅިގެން އެޤައުމުން ޔޫރަޕްގެ ޤައުމުތަކަށް މަސް އެކްސްޕޯޓު ކުރުމުގައި ދަތިތަކާއި ވަނީ ކުރިމަތިވެފައެވެ.

މިއާއެކު އިނގިރޭސިވިލާތުގައި މަހުގެ އުފެއްދުންތައް ވިއްކުމުގައި ތަފާތު އުކުޅުތައްދަނީ ތައާރަފްވަމުންނެވެ. އެގޮތުން މިފަހުން އިވިގެންދިޔަ އެއް ވާހަކައަކީ އިނގިރޭސީންގެ މެދުގައި އެހާ މަޤްބޫލްނޫން ދެ ބާވަތެއްގެ ނަން ބަދަލުކުރި ވާހަކައެވެ.

ނަން ބަދަލުކޮށްފައިވަނީ މެގްރިމް ސޯލް ނަމަކަށް ކިޔާ ކަނޑުމަހަކާއި ކަކުނީގެ ބާވަތްތެއް ކަމަށްވާ ސްޕައިޑަރ ކްރެޕްގެއެވެ. އެގޮތުން މެގްރިމް ސޯލްއަށް ދީފައިވާ އާ ނަމަކީ ކޯނިޝް ސޯލްއެވެ.އަދި ސްޕައިޑަރ ކްރެޕްގެ ނަންވަނީ ކޯނިޝް ކިންގް ކްރެބްގެ ނަމަށް ރީބްރޭންޑުކޮށްފައެވެ.

މެގްރިމް ސޯލްއަށް ދީފައިވާ އާ ނަމަކީ ކޯނިޝް ސޯލް

ނަންތައް ބަދަލުކުރުގައި އިސްކޮށް ހަރަކާތްތެރިވެފައިވަނީ ކޯނިޝް ފިޝް ޕްރޮޑިއުސަރސް އޮގަނައިޒޭޝަން، ސީއެފްޕީއޯގެ ފަރާތުންނެވެ. އެގޮތުން އެފަރާތުންވަނީ ޝެފުންގެ ހިޔާލާއި ކަސްޓަމަރުންގެ ހިޔާލުތައްވެސް ހޯދާފައެވެ.

ސީއެފްޕީއޯއިން ހާމަކުރާގޮތުން މި ދެބާވަތަށް މިހާތަނަށް ބޭނުންކުރަމުން އައިސްފައިވާ ނަމުގެ ސަބަބުން އިނގިރޭސީންގެ މެދުގައި މިބާވަތްތައް އެހާ މަޤްބޫލް ނޫން ކަމަށެވެ. އަދި މިހާރު ދީފައިވާ ނަމާއި އެކު ގިނަ އަދަދެއްގެ ބަޔަކު މި ބާވަތްތައް އަޖުމަ ބަލާނެ ކަމަށް ސީއެފްޕީއޯއިން ލަފާކުރެއެވެ.

ސްޕައިޑަރ ކްރެބްގެ ނަންވަނީ ކޯނިޝް ކިންގް ކްރެބް

މި ދެ ބާވަތަކީވެސް މީގެކުރިން ގިނަ އަދަދަކަށް ޔޫރަޕަށް އެކްސްޕޯޓްކުރަމުން އައިސްފައިވާ ދެބާވަތެވެ. އެގޮތުން ކޮންމެ އަހަރަކުވެސް 1000 ޓަނުގެ މެގްރިމް ސޯލް އިނގިރޭސިވިލާތުގެ ނިއުލީންއިން ޔޫރަޕްގެ ޤައުމުތަކަށް އެކްސްޕޯޓުކުރެއެވެ.

ގިނަ އަދަދެއްގެ ސްޕައިޑަރ ކްރެބްވެސް ޔޫރަޕްގެ ޤައުމުތަކަށް އެކްސްޕޯޓުކުރާއިރު އޭގެތެރެއިން 85 އިންސައްތަ އެކްސްޕޯޓުކުރަނީ ސްޕެއިންއަށެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!