MTCC Signing Mulak Harbour

މ. މުލަކުގައި މިފްކޯގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

މ. މުލަކުގައި މިފްކޯއިން ތަރައްޤީކުރާ ބަނދަރުގެ މަސައްކަތް ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީއާއި ހަވާލުކޮށްފިއެވެ.

މިމަސައްކަތް އެމްޓީސީސީއާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިންގް އޮފިސަރ ޝާހިދު ޙުސައިން މޫސާއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ ފާތުމަތު ޝާނާ ފާރޫޤެވެ.

މި މަޝްރޫޢުގެ ދަށުން، 22،240 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 8،640 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 160 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުން ހިމެނެއެވެ.

300 ދުވަސްތެރޭ ނިންމުމަށް ހަމަޖެހިފައިވާ މިމަޝްރޫޢުގެ އަގަކީ 56.13 މިލިއަން ރުފިޔާއެވެ.

މިފްކޯގެ ތަރައްގީއަށް މިހަރ ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ތެރެއިން މ. މުލަކުގައި 500 ޓަނުގެ މަސް ރައްކާކުރާތަނެއް ހެދިގެންދާނެކަމަށް ފިޝަރީޒް މިނިސްޓްރީއިންވަނީ ވަނީ ބުނެފައެވެ. އަދި މަސް ރައްކާކުރެވޭ ސްޓޯރޭޖް ފެސިލިޓީއާއެކު، މެދުރާއްޖެތެރޭގައި މަސްކިރުމުގެ ދަތިތަކަށް ބޮޑު ހައްލެއް ލިބިގެންދާނެކަމަށް މިނިސްޓްރީއިން ބުނެއެވެ.

މ. މުލަކު ބަނދަރަކީ މެދުރާއްޖެ ތެރޭގައި މަސްވެރިކަންކުރާ މަސްވެރިންނަށް ވަރަށް މުހިއްމު ބަދަރެކެވެ. ދާދިފަހުން މ. އަތޮޅުގެ މަސްވެރިންވަނީ މ. މުލަކު ބަނދަރުގައި ދާއިމީކޮށް މަސްކިރާނެ ބޯޓެއް ނޯންނާތީ ޝަކުވާކޮށްފައެެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!