ދުނިޔޭގެ ގައުމުތަކާއި ބަލާއިރު ރާއްޖެއަކީ ނިސްބަތުން އެންމެ ގިނައިން އެން ބޭނުންކުރާ ގައުމުކަމަށް ރިޔާޒް ޖައުހަރީ ވިދާޅުވެއްޖެއެވެ.
ފިޝަރީޒް މިނިސްޓްރީއާއި ރާއްޖެޓީވީ ގުޅިގެން ގެނެސްދޭ މަސްވެރިންގެ ސައްލާ ޕްރޮގްރާމްގައި މަސްވެރިން އެންހިފުމުގައި އިސްރާފްވުމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޖައުހަރީ ވިދާޅުވީ މަސްވެރިންގެ އަމަލުތަށް ކުޑަކޮށް ރަގަޅުކޮށްލުމުން، އެން އިސްރާފްވެގެން ދިއުން މަދުކުރެވިދާނެކަމަށެވެ. އެންލިބުމުގެ ދަތިކަމަކީ މިއަދު މަސްވެރިންނަށް ދިމާވާ ގޮންޖެހުމެއް ކަމަށް ފާހަގަކުރަމުން، ޖައުހަރީ ވިދާޅުވީ، އެން އިސްރާފްކުރުން ހައްލުކުރެވިއްޖެނަމަ، އެންވެރިކަމަށް ރަގަޅު އަސަރުކުރާނެކަމަށެވެ. ދުނިޔޭގެ ގައުމުތަކާއި އަޅާ ބަލާއިރު ރާއްޖޭއަކީ އެންމެ ގިނައިން އެންބޭނުން ކުރާ ގައުމުކަމަށްވެސް ޖައުހަރީ ވިދާޅުވިއެވެ.
"މަސްވެރިންގެ އަމަލުތައް ކުޑަކުޑަކޮށް ރަގަޅުކޮށްލަނިކޮށް އަޅުގަނޑުމެން މި އެން އިސްރާފްކުރުމުގެ ބައި ހުއްޓާލެވެނިކޮށް ވަރަށް ބޮޑަށް އެންވެރިކަމަށް ހެޔޮ އަސަރުކުރާނެ. ދުނިޔޭގެ ގައުމުތަކާއި ބަލާއިރު ރާއްޖެމީ އެންމެ ގިނައިން އެން ބޭނުން ކުރާ ގައުމު" ޖައުހަރީ ވިދާޅުވިއެވެ.
މަސްވެރިކަން ކުރުމުގައި އެކި ގައުމުތަކުގައި އެންބޭނުން ކުރާ ނިސްބަތާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޖައުހަރީ ވިދާޅުވީ ދޮށީގެ މަސްވެރިކަން ކުރާ އެހެން ހުރިހާ ގައުމުތަކާ އަޅާބަލާއިރު ރާއްޖޭގައި 1 ކިލޯ އެން ބޭނުންކޮށްގެން ބޭނެނީ ގާތްތަނޑަކަށް 11 ކިލޯގެ ކަނޑުމަސް ކަމަށެވެ. އެހެންނަމަވެސް، އެހެން ގައުމުތަކަށް ބަލާއިރު، 1 ކިލޯ އެމުން 23 ކިލޯ، 50 ކިލޯ އަދިދ 90 ކިލޯ މަސް ބާނާގައުމުތައްވެސް އެބަހުރިކަމަށް އޭނާ ވިދާޅުވިއެވެ.
"ދޮށީގެ މަސްވެރިކަން ކުރާ އެހެން ހުރިހާ ގައުމުތަކަކަށް ބަލާއިރު، ރާއްޖޭގައި 1 ކިލޯ އެމުން ގާތްތަނޑަކަށް މިބޭނެނީ 11 ވަރަކަށް ކިލޯ ކަނޑުމަސް. އެހެން ގައުމުތަކަށް ބަލާއިރު 23 ކިލޯ، 50 ކިލޯ އަދި 90 ވަރަކަށް ކިލޯ މަސް ބާނާގައުމުތައްވެސް އެބަހުރި" ޖައުހަރި ވިދާޅުވިއެވެ.
އެން ލިބުމުގެ ދަތިކަމަކީ ހުރިހާ މަސްވެރިންނަށްވެސް ދިމާވާ މައްސަލައެއްކަމަށް މަސްވެރިންގެ ސައްލާގައި ވާހަކަ ދެއްކެވި މަސްވެރިންވެސް ވަނީ ފާހަގަކޮށްފައެވެ، އަދި އެން ހިފުމުގައި ހުރިހާ މަސްވެރިންވެސް އެން އިސްރާފްކުރުން މަދުކުރުމަކީ މުހިއްމު ކަމެއްކަމަށް ގަބޫލުކުރެއެވެ. މިކަން ހައްލުކުރުމަށް ހުރިހާ މަސްވެރިންނާއި، އިދާރާތަކާއި ގުޅިގެން މަސައްކަތްކުރުމަކީވެސް މުހިންމުކަމެއްކަމަށް މަސްވެރިން ފާހަގަކުރިއެެވެ.
One Response
އަހަރުމެން މިއީ އެންމެ އިސްރާފު ބޮޑު އެއްބައެކޭ ބުންޏަސް ރަނގަޅުވާނެ.