މަސްވެރިކަމާއި ގުޅޭ

އޮއިވާލި ކަނދުފަތި/ ފޮޓޯ: ފިޝަރީޒް މިނިސްޓްރީ
އޮއިވާލި ކަނދުފަތި/ ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

ގދ. ނަޑެއްލާ ބޭރުން ކަނޑައިގެންދިޔަ ކަނދުފަތި ހަރުކޮށްފި

ގދ. ނަޑެއްލާ ބޭރުގައި އަޅާފައިވާ އޮއިވާލި ކަނދުފަތި ކަނޑައިގެން ދިއުމާއި ގުޅިގެން އެސަރަހައްދުގައި އެހެން ކަނދުފައްޗެއް ހަރުކޮށްފިއެވެ.

މިކަނދުފަތި އަޅާފައިވަނީ ނަޑެއްލާއާ ދިމާ ބޭރުން ހުޅަނގު ދެކުނުން 15 ނޯޓިކަލް މޭލު ބޭރުގައެވެ. މި ކަނދުފަތީގެ އިތުރުން މި އޮގަސްޓް މަހު ތެރޭގައި ފިޝަރީޒް މިނިސްޓްރީން ވަނީ ތ. ގުރައިދޫ ބޭރުން ކަނޑައިގެންދިޔަ ކަނދުފައްޗާއި، ކ. ގާފަރު ބޭރުން ކަނޑައިގެންދިޔަ ކަނދުފަތީގެ އިތުރުން ފ. ނިލަންދޫ ބޭރުން ކަނޑައިގެންދިޔަ ކަނދުފަތިތައް ހަރުކޮށްފައެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް މެރިންގ ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ކުރި ޓްވީޓެއްގައި ވަނީ، ދެން އެންމެ އަވަހަށް ހަރުކުރުމަށް ހަމަޖެހިފައިވަނީ ފުވައްމުލަކު ބޭރުން ކަނޑައިގެން ގޮސްފައިވާ ދެ ކަނދުފައްޗެވެ.

މަސްވެރިންގެ ލާބަޔާ މަންފާއަށް ސަރުކާރުން އެންމެ އިސްކަމެއްދީގެން ކުރަމުން އަންނަ ކަމަކީ އޮއިވާލި ކަނދުފަތި ހަރުކުރުމެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފަންސާސް ފަސް އޮއިވާލި ކަނދުފަތި ހަރުކޮށްފައިވެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!