މަސްވެރިކަމާއި ގުޅޭ

ނިލަންދޫ ބޭރުގައި ހަރުކުރި ކަނދުފަތި/ ފޮޓޯ: ފިޝަރީޒް މިނިސްޓްރީ
ނިލަންދޫ ބޭރުގައި ހަރުކުރި ކަނދުފަތި/ ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

ފ.ނިލަންދޫ ބޭރުން ކަނޑައިގެންދިޔަ ކަނދުފަތި ހަރުކޮށްފި

ފ. ނިލަންދޫ ބޭރުގައި އަޅާފައިވާ އޮއިވާލި ކަނދުފަތި ކަނޑައިގެން ދިއުމާއި ގުޅިގެން އެސަރަހައްދުގައި އެހެން ކަނދުފައްޗެއް ހަރުކޮށްފިއެވެ.

މިކަނދުފަތި އަޅާފައިވަނީ ނިލަންދޫ ކައިރީ އޮންނަ ހިމިއްޗާ ދިމާ ހުޅަނގުން 28 ނޯޓިކަލް މޭލު ބޭރުން ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ. މި ކަނދުފަތީގެ އިތުރުން މި ހަފްތާތެރޭގައި އިތުރު ތިން ކަނދުފަތި ހަރުކުރުމަށް ހަމަޖެހިފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ. އެއީ  ތ. ގުރައިދޫ ބޭރުން ކަނޑައިގެންގޮސްފައިވާ ކަނދުފައްޗާއި،  ގދ.ނަޑެއްލާ ބޭރުން ކަނޑައިގެން ގޮސްފައިވާ ކަނދުފަތިތައްކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

މަސްވެރިންގެ ލާބަޔާ މަންފާއަށް ސަރުކާރުން އެންމެ އިސްކަމެއްދީގެން ކުރަމުން އަންނަ ކަމަކީ އޮއިވާލި ކަނދުފަތި ހަރުކުރުމެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފަންސާސް ފަސް އޮއިވާލި ކަނދުފަތި ހަރުކޮށްފައިވެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!