ސްޕޯޓްސް ފިޝިންގ ގެ މަސްވެރިކަން ކަނދުފަތިކައިރީ ނުކުރެވޭނަމަ ކަނދުފަތި ކަނޑާލާނެކަމުގެ އިންޒާރު ދީފިއެވެ.
ޒުވާން މަސްވެރިޔާ ހަސަން ސާޖިން އޭނާގެ ފޭސްބުކް ޕޭޖުގައި ކުރި ޕޯސްޓަކާ ގުޅިގެން ކަނދުފަތި ކައިރީ ހުރިހާ މަސްވެރިކަމެއް ކުރެވޭނެކަމަށް ބުނެ ބައެއް ފަރާތްތަކުން އަންނަނީ އަޑު އުފުލަމުންނެވެ. ޒުވާން މަސްވެރިޔާގެ ފޯސްޓުގައި ބުނެފައިވަނީ ޤަވާއިދާ ޚިލާފަށް ކަނދުފަތި ބޭނުންކުރުމުގެ ސަބަބުން ކަނދުފަތިތަކަށް ގެއްލުން ވަމުންދާކަމަށެވެ. މިގޮތުން ކަންނެލި ދޯނިފަހަރާއި ސްޕޯޓްސް ފިޝިންގެ މަސްވެރިން ޤަވާއިދާ ޚިލާފަށް ކަނދުފަތި ބޭނުންކުރަމުންދާތީ ކަނދުފަތީގެ މަސްވެރިކަން ދަށްވާކަމަށް ސާޖިންގެ ޕޯސްޓްގައި ބުނެފައިވެއެވެ. މިކަން ހައްލު ކުރުމަށް ސްޕޯޓްސް ފިޝިންގއަށާއި ކަންނެލީގެ މަސްވެރިންނަށް ކަނދުފަތި އަޅައިދިނުމަށް ސާޖިން ވަނީ އެދިފައެވެ.

ސާޖިންގެ މި ޕޯސްޓާއި ގުޅިގެން ނުރުހުމުގެ ތަފާތު ކޮމެންޓްތައް ވަނީ ކޮށްފައެވެ. މިގޮތުން ކަނދުފަތި ކައިރީ ހުރިހާ މަސްވެރިކަމެއް ކަމެއް ކުރެވޭނެކަމަށާއި، ނުކުރެވޭ ނަމަ ކަނދުފަތިތައް ކަނޑާލާނެކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ.

ރާއްޖޭގައި އަޅާފައިވާ ހުރިހާ ކަނދުފަތިތަކަކީވެސް ދޮށީގެ މަސްވެރިކަމަށް ޚާއްޞަ ކަނދުފަތިތަކެވެ. ދޮށީގެ މަސްވެރިކަން ފިޔަވާ އެހެން ބާވަތެއްގެ މަސްވެރިކަން ކަނދުފަތިކައިރީ ކުރުމަކީ މަނާ ކަމެކެވެ. ކަނދުފަތި ވަށައިގެން ތިން މޭލު ސަރަހައްދުގައި ވަދު ދެމުމާއި، ދިރޭ އެންޖަހައިގެން ނަނު ފެއްތުމާއި، ކަނދުފަތި ކައިރިއަށް ރޯލު ދޫކުރުމާއި، ކަނދުފަތި ކައިރިއަށް ތާވަޅު އުކުމާއި، ކަނދުފަތީގައި ވާއެއްސުމަކީ މަސްވެރިކަމުގެ ޤަވާއިދުގެ ތެރެއިން މަނާ ކުރެވިފައިވާ ކަންތައްތަކެވެ. މިއިން ކަމެއް ކޮށްފި ނަމަ ޖޫރިމަނާކޮށް އިތުރު ފިޔަވަޅުތައް އެޅުމުގެ ބާރު ފިޝަރީޒް މިނިސްޓްރީއަށް ލިބިގެންވެއެވެ. އަދި ކަނދުފައްޗަށް ގެއްލުމެއްދީފިނަމަ 5 ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރުމުގެ ބާރު ފިޝަރީޒް މިނިސްޓްރީއަށް ލިބިގެންވެއެވެ.
2 Responses
Masverikamah gellun vaakamah saafu heki beynunvey. Dhosheega ves innanee vadhu adhiyah fatthaneeves vadhu. Dhiraasaa kollan vee gellunveytho jig kureema
jig kohgen gellun vaakan heki nethi eba buney. heki nethi hama vejje manaa kuran 😖😡😠