މަސްވެރިކަމާއި ގުޅޭ

ޤާނޫނު: ބޭރުގެ މަސްވެރި އުޅަނދުތައް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް ވަނުން

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނުނު 14/2019 ގެ 25 ވަނަ މާއްދާ:

(ހ) ބޭރުގެ މަސްވެރި އުޅަނދުތައް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް ވަންނަންވާނީ، އެކަމަށްޓަކައި މިނިސްޓްރީން ދޫކުރާ ހުއްދަ، ދުރާލާ ހޯދުމަށްފަހުގައެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހުއްދަ ދިނުމުގައި ޢަމަލުކުރާނެ ގޮތާގުޅޭ ގަވާއިދެއް މިނިސްޓްރީން އެކުލަވާލަންވާނެއެވެ. އަދި މި މާއްދާގެ ދަށުން ހަދާ ގަވާއިދުގައި، އަންނަނިވި ކަންކަން ހިމެނިދާނެއެވެ.

(1) ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކަށް ބޭރުގެ މަސްވެރި އުޅަނދުތައް ވަނުމާއި، އެ ސަރަޙައްދުތަކުން ނިކުތުން ރިޕޯޓްކުރުން؛

(2) ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކަށް ވަންނަ ބޭރުގެ މަސްވެރި އުޅަދުތަކުން ފޯރުކޮށްދެންޖެހޭ މަޢުލޫމާތު؛

(3) ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކުގައި ބޭރުގެ މަސްވެރި އުޅަނދެއް ވާހިނދު، އެ އުޅަނދެއްގެ އާލާތްތައް ރައްކާކުރުމާގުޅޭ ޝަރުޠުތައް، އަދި

(4) މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާ އެއްގޮތްވާ ގޮތުގެމަތިން ބޭރުގެ މަސްވެރި އުޅަނދު ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކަށް ވަނުމާއި، އެ ސަރަހައްދުތަކުން ނިކުތުން ރިޕޯޓުނުކުރާ ބޭރުގެ މަސްވެރި އުޅަނދުތަކާ ދެކޮޅަށް އެޅިދާނެ ފިޔަވަޅުތައް.

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!