ފުވައްމުލަކު އިރުންމަތިން ކަނޑައިގެންދިޔަ ކަނދުފަތި ހަރުކޮށްފިއެވެ.
މި ކަދުފަތި ހަރުކޮށްފައިވަނީ ފުވައްމުލަކު ސިޓީގެ އިރުން 10 މޭލު ބޭރުގައެވެ. މި ކަނދުފަތީގެ ނަމްބަރަކީ 514 އެވެ.
މި ކަނދުފަތި އެންމެފަހުން ހަރުކޮށްފައިވަނީ މިިދިޔައަހަރުގެ ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހުގައެވެ. ކަނދުފަތީގެ ނަމްބަރަކީ 530އެވެ. ހަރުކުރިތާ ދޮޅުމަހެއްހާ ދުވަހުން މި ކަނދުފަތި ކަނޑައިގެން ގޮސްގެން މަސްވެރިން ރިޕޯޓް ކޮށްފައިވަނީ 28 އޮކްޓޯބަރ 2021 ގައެވެ.
ފުވައްމުލަކު ބޭރު 3 ދިމާލުގައި ކަނދުފަތިތައް ހަރުކޮށްފައި އޮވެއެވެ. އެއީ ހުޅަނގާއި، ދެކުނާއި އަދި އިރުތީގައި އަޅާފައި އޮންނަ ކަދުފައްޗެވެ. މަސްވެރިން މައުލޫމާތު ދޭގޮތުގައި ފުވައްމުލަކު ދެކުނުގައި އަޅާފައިއޮންނަ ކަނދުފަތިވެސް ވަނީ ކަނޑައިގެން ގޮއްސައެވެ.
ދެކުނުގެ އަތޮޅުތަކުން ކަނޑައިގެން ދިޔަ ކަނދުފަތިތައް ހަރުކުރުމަށް މިދިޔަ ހަފްތާގައި ފިޝަރީޒް މިނިސްޓްރީގެ ޓީމުން ފެށި ދަތުރުގައި ގއ. ވިލިނގިލި، ގދ ފިޔޯރީ، އައްޑޫ ސިޓީ މަރަދޫގެ ކަނދުފަތިވެސް ވަނީ ހަރުކޮށްފައެވެ.
ކަނދުފައްޗެއް ކަނޑައިގެން ގޮސްފިނަމަ ލަސްނުކޮށް އެކަން ފިޝަރީޒް މިނިސްޓްރީއަން އެންގުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. ފިޝަރީޒް މިނިސްޓްރީއިން މިހާރު އަމަލުކުރަމުންދާ އުސޫލަކީ އެއްވެސް ސަރަހައްދެއްގެ ކަނދުފައްޗެއް ކަނޑައިގެން ގޮސްފިނަމަ، އެކަމުގެ މައުލޫމާތު ކައުންސިލްތައް މެދުވެރިކޮށް ރަސްމީކޮށް އެންގުމުން ކަނދުފަތި ހަރުކުރުމަށް މަސައްކަތް ފެށުމެވެ. އެހެންކަމުން ކަނދުފަތި ކަނޑައިގެން ދިއުމުން އޭގެ މައުލޫމާތު ކައުންސިލްތަކާއި ހިއްސާކުރުމަށް ހުރިހާ މަސްވެރިން ސަމާލުވާން ޖެހެއެވެ.
މަސްވެރިންގެ ލާބައާ މަންފާއަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 56 އޮއިވާލި ކަނދުފަތި ވަނީ ހަރުކޮށްފައެވެ. ކަނދުފައްޗެއް އެޅުމަށް ދެލައްކައަށްވުރެ ރުފިޔާ ހަރަދުވާއިރު، ކަނދުފަތީގެ ވިއުގައަށް ގެއްލުމެއް ލިބޭނެ އެއްވެސް ކަމެއް ނުކުރުމަށް ފިޝަރީޒް މިނިސްޓްރީން އިލްތިމާސްކުރެއެވެ.
One Response
Emme fahun thi elheemawes ingey maa gina dhueaheh nuwaane kamm.. e onanee abadhu adeega maa vaa kuru vma..