އިސުޒޫ މެރިން ޖަނަރޭޓަރަކީ މަސްވެރިންނާ އެންމެ ގުޅޭ ޖަނަރޭޓަރުކަމަށް މި ޖަނަރޭޓަރު ބޭނުންކުރާ މަސްދޯނިފަހަރުން ބުނެފިއެވެ.
އިސުޒޫ ޖަނަރޭޓަރު ބޭނުންކުރަމުންދާ ރާއްޖޭގެ މަޝްހޫރު ދޯންޏަކު ކެޔޮޅަކު ބުނީ މި ޖަނަރޭޓަރަކީ މައްސަލަތައް މަދު ތެލުގެ ޚަރަދު ކުޑަ ޖަނަރޭޓަރެއް ކަމަށެވެ.
"އަޅުގަނޑުމެން ގާތްގަނޑަކަށް 24 ގަޑިއިރު ދޯނީގައި ކަރަންޓް ދީގެން މިއުޅެނީ. އިރާދަކުރެއްވިއްޔާ ޖަނަރޭޓަރެއް އަދި އެއްވެސް މައްސަލައެއް ދިމާނުވޭ. މީގެ ކުރިން ވަރަށް ގިނަ ޖަނަރޭޓަރުތައް ބޭނުންކުރިން. އެކަމަކު އޭރު އެއްވެސް ޔަޤީން ކަމެއް ނޯވޭ. އެންގަނޑު ތިލަވާ ތަނުންވެސް ޖަނަރޭޓަރު ނިވިދާނެ. އެކަމަކު މިހާރު އެ އެބިރުވެރިކަން ހިނގައްޖެ. މީގެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ މި ޖަނަރޭޓަރަށް މައްސަލައެއް ދިމާވެއްޖެ ނަމަ މިއަށް ބޭނުންވާ ހުރިހާ ސްޕެއާއެއް ރާއްޖެއިން ލިބެން ހުރުން." ކެޔޮޅު ބުންޏެވެ.
އިސުޒޫ މެރިން ޖަނަރޭޓަރަކީ ރާއްޖޭގެ މަސްވެރިންގެ މެދުގައި ވަރަށް މަޤުބޫލް ބްރޭންޑެކެވެ. ރާއްޖޭގެ 100 އަށްވުރެ ގިނަ މަސްދޯނިފަހަރުގައި މި ބްރޭންޑްގެ ޖަނަރޭޓަރު ބޭނުންކުރާއިރު ގިނަ އަދަދެއްގެ ސަފާރީތަކުގައިވެސް މި ޖަނަރޭޓަރުތައް އަންނަނީ ބޭނުންކުރަމުންނެވެ. މިއީ ތެލުގެ ހަރަދު ކުޑަ އަދި މައްސަޖެހުން މަދު، ރާއްްޖޭގެ މާހައުލާ ގުޅޭ ޖަރަރޭޓަރެއް ކަމަށް މެރިން ކުއެސްޓް ޕްވައިވެޓް ލިމިޓެޑުން ބުނެއެވެ.
ޒެނިތު އިސުޒޫ މެރިން ޖަނަރޭޓަރަކީ ޖަޕާން އަދި އޮސްޓްރޭލިޔާގެ މޮޅު އުފެއްދުމެކެވެ. އިސުޒޫ އަކީ ދުނިޔޭގެ މަޝްހޫރު ބްރޭންޑެކެވެ.