މަސްވެރިކަމާއި ގުޅޭ

Gemanafushi

ސާފު ކަނޑުފަރު ކެމްޕެއިންގައި ގެމަނަފުށީގެ ހުރިހާ މަސް ދޯންޏަކުން ބައިވެރިވެއްޖެ

ސާފު ކަނޑުފަރު ކެމްޕެއިންގައި ގެމަނަފުށީގެ ހުރިހާ މަސް ދޯންޏަކުން ބައިވެރިވެއްޖެއެވެ.

ގެމަނަފުށީ ޖަމިއްޔާތަކުން އިސްނަގައިގެން “ސާފު ކަނޑުފަރު”ގެ ނަމުގައި ޕްލާސްޓިކާއި ދެކޮޅު ކެމްޕެއިންގެ ތެރެއިން ކަނޑަށް އުކާލާ ޕްލާސްޓިކް މަދުކުުރުމަށް ގެމަނަފުށީގެ ހުރިހާ މަސް ދޯނިތަކުން އެއްބާރުލުން ލިބޭނެއެވެ. އެގޮތުން އެއްވެސް ބާވަތެއްގެ ޕްލާސްޓިކެއް ކަނޑަށް އުކާލުމުގެ ބަދަލުގައި ކޮންމެ ދޯންޏަކުންވެސް ކުނިތައް ރަށަށް ގެނައުމުގައި ފުރިހަމައަށް ބައިވެރިވާނެކަމަށް މި ޕްރޮގްރާމް އިންތިޒާމްކުރާ ޒުވާނުން މައުލޫމާތު ދެއެވެ. އަދި ދޯނި ތަކުން ގެންނަ ޕްލާސްޓިކް ޖަމާކުރުމަށް ގެމަނަފުށީގެ ބަނދަރުމަތީގައި4 ތަނެއް ތައްޔާރުކޮށް، ޕްލާސްޓިކް ނަގާ އެ ބެލެހެއްޓުމާއި އަދި ރީސައިކަލް ކުރުމަށް ކުރަންޖެހޭ މަސައްކަތްތަށް ކުރާނީ ޖަމިއްޔާތަކުގެ މެމްބަރުންނެވެ. އިއްޔެގެ ވަގުތެއްގައި ރަށުގެ ހުރިހާ ދޯންޏަކަށް ނެތް ބޭގްތައް ވަނީ ހަވާލުކޮށްފައެވެ.


"ހުރިހާ ދޯންޏަކާއި ނެޓް ބޭގްތައް ހަވާލުކޮށްފިން. މަސްވެރިންތިބީ ޕްލާސްޓިކް ކަނޑަށް އެޅުން ހުއްޓާލުމަށް ކުރިއަށް ގެންދާ "ސާފު ކަނޑުފަރު" ޕްރޮގްރާމަށް ފުރިހަމައަށް އެއްބާރުލުން ދިނުމަށް. މިރަށުގެ ހުރިހާ މަސްދޯނިތައް ބައިވެރިވޭ" މައުލޫމާތު ދިން ޒުވާނަކު ބުންޏެވެ.

މި ހަރަކާތުގެ މައިގަނޑު ބޭނުމަކީ ކަނޑުތަކަށް ޕްލާސްޓިކް ކުނިއެޅުން ހުއްޓުވުމާއި އަދި މަސްވެރިންނާއި އާންމުން ހޭލުންތެރުކުރުވުމެވެ. އަދި ދިވެހިން ކުރަމުން ދާ ދެމެހެއްޓެނިިިވި މަސްވެރިކަމުގެ ވާހަކަ ހިއްސާކުރާއިރު، މަސްވެރިންނަކީ ކަނޑުގެ މާހައުލު ކުނިން ސަލާމަތްކުރުމަށް މަސައްކަތްކުރާ ބައެއްގެ ގޮތުގައި ދެމިތިބުމެވެ. މި ހަރަކާތުން މަސްވެރިކަމުގެ ދާއިރާއިން ރާއްޖޭގެ ނަން ކިލަނބުވިޔަނުދީ،  ތިމާވެށި ހިމާޔަތްކުރުމުގައި ރާއްޖެއިން ނަމޫނާ ދެއްކުމާއި، ކުނިއަޅާ ފަރާތްތަކަށް މިކަމުގައި ހުރި ނުރައްކަލުގެ ހޭލުންތެރިކަން އިތުރުކުރުމުގެ އިތުރުން ތިމާވެއްޓަށް ކުނިއެޅުމުގެ ބަދަލުގައި ޒިންމާދާރު ގޮތެއްގައި ފަސޭހައިން ކުނި ނައްތާލެވޭނެ މަގުފަހިކޮށްދިނުމަށް މަސައްކަތް ކުރެވޭނެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!