603062e821044

އިންޑޮނޭޝިއާއަށް ލެއްގި ގިނަ އަދަދެއްގެ ބޮޑު މަސްތަކެއް މަރުވެއްޖެ

އިންޑޮނޭޝިއާގެ މަޑުރާ އައިލެންޑަށް ލެއްގި ގިނަ އަދަދެއްގެ ބޮޑު މަސްތަކެއް މަރުވެއްޖެއެވެ.

މަޑުރާ އައިލެންޑުގެ ގޮނޑުދޮށަށް 49 'ޝޯޓް ފިންޑް ޕައިލޮޓް ވޭލްސް' ލެއްގި އިރު މި މަސްތައް ސަލާމަތް ކުރުމަށް ކުރެވުނު މަސައްކަތުން 3 ޕައިލޮޓް ވޭލްވަނީ ކަނޑަށް ދޫކުރެވިފައެވެ. އެހެން ނަމަވެސް ސަލާމަތް ނުކުރެވި 46 ޕައިލޮޓްވޭލްވަނީ މަރުވެފައެވެ.

ލެއްގި ބޮޑުމަސްތަކަކީ އުމުރުން ހަނގު މަސްތަކެކެވެ. މިމަސްތަކުގެ ދިގުމިގުގައި ހުރީ 3 މީޓަރާއި 5 މީޓަރާއި ދެމެދުގެ އަދަދުތަކެކެވެ.

މި ބޮޑުމަސްތައް ސަލާމަތްކުރުމަށް ގިނަ އަދަދެއްގެ ބަޔަކު ހަރަކާތްތެރިވިއެވެ. އަދި މި މަސްތައް ބަލާލަންވެސް ގިނަ އަދަދެއްގެ ބަޔަކު ބީޗު ސަރަޙައްދަށް އައިސްފައިވެއެެވެ.

މި މަސްތައް މަރުވާން ދިމާވި ސަބަބުތައް ދެނެގަތުމަށް ސާމްޕަލްތައް ވަނީ ނަގާފައެވެ. އިންޑޮނޭޝިއާގެ ކަމާއި ބެހޭ ވުޒާރާތަކުން ބުނީ މަރުވެފައިވާ ބޮޑުމަސްތައް ވަޅުލުމަށް ހަމަޖެހިފައިވަނީ ބީޗު ސަރަޙައްދުގައި ކަމަށެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!