COVID 19

ވެކްސިން ޖަހަން މަސްވެރިން ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލައިފި

ވެކްސިން ޖަހަން މަސްވެރިން ރަޖިސްޓްރީކުރުމުގެ ފުރުސަތު އެޗްޕީއޭއިން ހުޅުވާލައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އަމިއްލަ ކުންފުނިތަކާއި ކެފޭ، ރެސްޓޯރަންޓްތަކާއި ފިހާރަތަކާއި ކުޅިވަރު ކްލަބުތަކާއި ކުޅިވަރު އެސޯސިއޭޝަންތަކާއި އެންޖީއޯތަކާއި މަސްވެރިކަމާއި ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނުގެ މުވައްޒަފުންނަށް ގްރޫޕު ވެކްސިނޭޝަނަށް ހުޅުވާލާ ކަމަށެވެ.

އެގޮތުން މަސްވެރިން ރަޖިސްޓްރީވުމަށް އެޕޮއިންޓްމަންޓް ހެއްދުމަށް ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީގެ ނަންބަރު 3339286 އަށް ގުޅުމަށް ނުވަތަ aishath.faheema@fishagri.gov.mv ނޫނީ hr@fishagri.gov.mv އަށް އީމެއިލްކުރަން ޖެހެއެވެ.

ކޮވިޑް-19 ގައި މުޅި ރާއްޖެ ފުރަބަންދުގެ ހާލަތުގައި އޮތްއިރު، ދިވެހި މަސްވެރިންނަށް މަހަށްފުރުމުގެ ފުރުސަތުވަނީ ލިބިފައެވެ. މަސްވެރިކަން ވެގެންދިޔައީ މުޅި ގައުމަށް އެންމެ މުހިންމު ސިނާއަތަށެވެ. ކޮވިޑްގެ ފުރަތަމަ ރާޅު ރާއްޖެއަށް ބިންދާލާ މުޅި އިޤްތިޞާދު އޮޔާ ދުއްވާލިއިރު، އެރާޅާ ދެކޮޅަށް މަސައްކަތްކޮށް ޤައުމުގެ އިޤްތިޞާދު ނަގައި ކޮޅަށް ޖެހީ ދިވެހި މަސްވެރިންނެވެ. އަދިވެސް މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ މަސްވެރިންނަކީ ހިއްވަރާއިއެކު މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން މަސައްކަތްކުރާނެ ބައެކެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިން ޖެހުމަކީ މުހިންމު ކަމެކެވެ. އެހެންކަމުން ރާއްޖޭގެ ހުރިހާ މަސްވެރިން ވީ އެންމެ އަވަހަކަށް ވެކްސިންޖެހުމަށް ރަޖިސްޓްރީވާންވީއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!