މިފްކޯގެ ރޯދަ ޕްރޮމޯޝަން 2021 "ފަސްމީރު މާމީރު" ޕްރޮމޯޝަން މިއަދު ފެށައިފިއެވެ.
މާފަންނުގައި ހުންނަ މިފްކޯ މަސްފިހާރާގައި މިއަދު މިޕްރޮމޯޝަން ލޯންޗްކުރެއްވީ މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީއެވެ. މިއަދުން ފެށިގެން 22 މެއި 2021 އާއި ހަމައަށް ކުރިިއަށް ގެންދިޔުމަށް ހަމަޖައްސާފައިވާ މި ޕްްރޮމޯޝަން މާލެ، ހުޅުމާލެ އަދި އަތޮޅުތަކުގެ މިފްކޯގެ ފިހާރަތަކާއި ސައިޓްތަކުގައި ކުރިއަށް ދޭނެއެވެ.
ފަސްމީރު މާމީރު ޕްރޮމޯޝަންގައި ދެލައްކަ ރުފިޔާގެ އަގުހުރި އިނާމް ހުށައަޅާފައިވެއެވެ. މީގެ ތެރޭގައި ކޮންމެ ހަފްތާއަކު ގުރުއަތުންހޮވޭ ނަސީބުވެރި ދެފަރާތަކަށް 5000 ރުފިޔާގެ ވިޔަފާރި ކުރެވޭނެ ބީއެމްއެލްގެ ގިފްޓް ކާޑެއް މިފްކޯއިން ހަދިޔާކުރާނެއެވެ. މިއަހަރުގެ ޕްރޮމޯޝަންގައި މިފްކޯ މަސްފިހާރަތަކުން އަދި ސައިޓްތަކުން ކުރާ 200 ރުފިޔާއިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަންއެއްދޫކުރެއެވެ. ޕްރޮމޯޝަންގައި ބައިވެރިވާން ކޫޕަންގައިވާ ކިޔުއާރު ކޯޑު ސްކޭން ކުރުމުން އަންނަ ސްކްރީންގައި ކޫޕަންގައިވާ ނަންބަރު ޖަހަންޖެހެއެވެ.
ޕްރޮމޯޝަންގެ އިތުރު މައުލޫމާތާއި ހަފްތާގެ ނަސީބުވެރިން މިފްކޯގެ ފޭސްބުކް އަދި ޓުވިޓަރ އެކައުންޓް މެދުވެރިކޮށް އިއުލާން ކުރެވޭނެކަމަށް މިފްކޯއިން ބުނެއެވެ.