Asdhaan

ކޮންމެ ސަރަހައްދަކުންވެސް އިންޓަރނެޓް ލިބޭ "ވެސަލް މޮނިޓަރިން ސިސްޓަމް" ދޯނީގައި ހަރުކުރަން އެދުމުގެ ފުރުޞަތު ހުޅުވާލައިފި

ވެސަލް މޮނީޓަރިން ސިސްޓަމަކީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ސެޓްލައިޓް ސިގްނަލް މެދުވެރިކޮށް މަސްވެރި އުޅަނދު ޓެރެކްކޮށް ކަނޑުމަތީގައި މުއާސަލާތްކުރެވޭނެ ވަސީލަތް އުޅަނދުފަހަރުގެ އޮޕަރޭޓް ކުރާ ފަރާތްތަކާއި ފަޅުވެރިންނަށް ފޯރުކޮށްދިނުމަށް މަސްދޯނިފަހަރުގައި ޤާއިމްކުރާ ނިޒާމެކެވެ.

މީގެ ބޭނުމަކީ މަސްދޯނިފަހަރުގެ ސަލާމަތާ ރައްކާތެރިކަން އިތުރުން ބައިނަލްއަޤްވާމީގޮތުން ކަނޑައަޅާފައިވާ މިންގަނޑާ އެއްގޮތްވާ ގޮތުގެމަތިން ދިވެހި މަސްވެރިކަމަކީ ބެލެހެއްޓޭ ނިޒާމެއްގެ ތެރެއިން ކުރިއަށްދާ މަސްވެރިކަމަކަށް ހެދުން ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

މި ސިސްޓަމް ހަރުކުރުމަށް ހަމަޖެހިފައިވަނީ ދޮށީގެ މަސްވެރިކަން ކުރާ ދޯނިފަހަރާއި ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ ދޯނިފަހަރުގައެވެ. މި ސިސްޓަމް ހަރުކުރާ ދޯނިފަހަރުގައި ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި ދޯނީގެ ދިގުމިނުގައި 15 މީޓަރަށް ވުރެ ބޮޑު ވުމާއި ކުރިއަށްއޮތް 2 އަހަރު މަސްވެރިކަމުގައި ހަރަކާތްތެރިވާނެކަަމަށް އެއްބަސްވުމެއްގައި ސޮއިކުރަން ޖެހެއެވެ.

ވެސަލް މޮނީޓަރިން ސިސްޓަމް ދޯނީގައި ހަރުކުރުމުގެ ހުރިހާ ހަރަދެއް ކުރުމަށް ހަމަޖެހިފައިވަނީ ފިޝަރީޒް މިނިސްޓްރީންނެވެ. ނަމަވެސް ޓްރެކިންގެ ޚިދުމަތައް ކޮންމެ މަހަކު އުރީދޫއިން 617 ރުފިޔާގެ ފީއެއް ނަގާނެއެވެ.

މި ސިސްޓަމްގެ ސަބަބުން ސެޓްލައިޓް ސިގްނަލް މެދުވެރިކޮށް ކޮންމެ ސަރަހައްދަކުންވެސް ދޯންޏަށް އިންޓަރނެޓްގެ ޚިދުމަތް ލިބިގެންދާނެއެވެ. އަދި ދޯނި ކޮންމެ ސަރަހައްދެއްގައި އޮތް ނަމަވެސް ދޯނީގެ ވެރިފަރާތަށް ދޯނި ޓްރެކް ކުރެވޭނެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ooredoo aka neygey mikan mihen oi kamei.. fake habaru liyany mauloomaath saaf nukoh