މިއީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުގައި ހުންނަ މުރަކަތަކުގެ މާޙައުލުގައި ގިނައިން އުޅޭ ކުޑަ މަހެކެވެ.
މިމަސް އެންމެ ބޮޑުވަނީ 7 ސެންޓިމީޓަރަށެވެ. މިއީ ދިވެހިން ކައިއުޅޭ މަހެއްނޫނެވެ. ނަމަވެސް މިއީ ދިރޭކުދިމަހުގެ ގޮތުގައި ހިފާ އަދި ރާއްޖެއިން ބޭރުކުރެވޭ މަހެކެވެ. މިއީ ބައިބަޔަށް، މުރަކަތަކުގެ ނިވާކަން ހޯދައިގެން އުޅޭ މަހެއްކަމުން އަޑިއަށް ފީނާމީހުން މަހާއި ގާތްވުމުން މުރަކަތަކުގެ ތެރޭގައި ފިލައެވެ. މަހުގެ ބުރަކަށިމަތީ ކޮތަރީގައި 12 ހަރުކަށްޓާއެކު 14 އާއި 16 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރީގައި 2 ހަރުކަށްޓާއެކު 13 ނުވަތަ 14 މަޑުކަށިހުރެއެވެ. މިއީ މުރަކަމަށާއި ވަރަށް އެއްސިފައެއްގައި ހުންނަމަހެކެވެ.
ދެމަހުގެ ތަފާތު މައިގަޑުގޮތެއްގައި އެގެނީ މަހުގައި ހުރަހަށްހުންނަ ގަޑިތަކުންނެވެ. މަހުގެ ކުލައަކީ ފަނޑު މުށިކުލައެކެވެ. މަހުގެ ކަންފަތާ ދިމާލުން ދެއަރިމަތީގަޔާއި ކޮތަރިބައިގެ ފަހަތުން މަހުގެ ދެފަރާތުގައި ފުޅާ ދެގަޅިހުރެއެވެ. މަހުގެ ހުޅުނބުތަކުގައި ނޫކުލައިގެ ތިކިތަކަކާއި ރޮނގުތަކެއްހުރެއެވެ. މިމަހަށް ކިޔާ ވަކި ޚާއްސަ ނަމެއް ރެކޯޑްކުރެވިފައި ނެތުމާއެކު މަހުގެ އެންމެ ފާޅުކަންބޮޑު ސިފައަށް ވިސްނާ "ދެގަޑި މުރަކަމަސް " ކިޔާ ނަންދީފައިވަނީއެވެ.
މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003