WhatsApp Image 2021-02-24 at 14.42.33

ދާ އަޅައިގެން މަސް ހިފަން އުޅެނިކޮށް ކަންނެލި ދޯނިފަހަރުން ހުއްޓުވި ބޭރު މަސްބޯޓު ކޯސްޓުގާރޑުގެ ބެލުމުގެ ދަށަށް ގެންގޮސްފި

ދާ އަޅައިގެން މަސް ހިފަން އޮއްވަ ކަންނެލި ދޯނިފަހަރުން ހުއްޓުވި ބޭރު މަސްބޯޓު ކޯސްޓުގާރޑުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އެމްއެންޑީއެފުން ބުނީ ދާ އަޅައިގެން މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއްގެ މައުލޫމާތު ކަންނެލި ދޯންޏަކުން ކޯސްޓްގާރޑަށް ދިނުމާއި ގުޅިގެން އެބޯޓު އޮތް ސަރަހައްދަށް ކޯސްޓްގާރޑުގޮސް ސިފައިންގެ ބެލުމުގެ ދަށަށް އެ ބޯޓު ގެނެސްފައިވާކަމަށެވެ. އަދި އެބޯޓު ކޯސްޓްގާރޑުގެ ބެލުމުގެ ދަށުން ކުޅުދުއްފުއްޓަށް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ބޯޓާ ބެހޭ މަޢުލޫމާތު ކޯސްޓްގާރޑަށް ދީފައިވަނީ އދ މަހިބަދޫ އަސަރީ ދޯނިންނެވެ. އެދޯންޏަށް މި ބޯޓު ފެނުނީ ނ. އަތޮޅާ ދިމާ 30 މޭލު ބޭރުން ދާ އަޅައިގެން މަސްހިފަން އޮއްވާކަމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނެއެވެ. އަދި އެދޯނި ފެނުމުން ދާ ނަގައިގެން ބޯޓު ބޭރަށް ދުއްވަމުން ދަނިކޮށް އަސަރީ ދޯންޏާއި އއ.މާޅޮހު އެޑްރިއަން ދޯނިން އެ ބޯޓު ހުއްޓުވިކަމަށް މަޢުލޫމާތު ލިބެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!