ކަނޑުމަތީގައި މަސް ދޯންޏެއްގައި އަލިފާން ރޯވެއްޖެ

WhatsApp Image 2021-02-27 at 11.56.10

ކަނޑުމަތީގައި މަސް ދޯންޏެއްގައި އަލިފާން ރޯވެއްޖެއެވެ. އަލިފާން ރޯވެފައިވަނީ ގދ. މަޑަވެލީ ބޮއި ކައިރީ މަސް ބާނަން އުޅުނު ދެއްވަދޫ "ކުރިމަގު" ދޯނީގައެވެ.

މިހާދިސާގައި ބައެއް މީހުންނަށް އަނިޔާވި ކަމުގެ މަޢުލޫމާތު ލިބެއެވެ. ނަމަވެސް މާބޮޑު ތަފްސީލެއް އަދި ނުލިބެއެވެ. މިހާދިސާގައި ދޯނީގައި ރޯވި އަލިފާންގަނޑު އެސަރަައްދުގައި އެވަގުތު ހަރަކާތްތެރިވި އެހެން ދޯނިފަހަރުގެ އެހީގައި ނިއްވާލާފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

ކުރިމަގު ދޯނީގައި ހިނގި އަލިފާނުގެ ހާދިސާގެ ތެެރެއިން

މަސްވެރިން އެމްވީއަށް މައުލޫމާތު ދެމުން އެސަރަހައްދުގައި އޮތް މަސްދޯންޏަކުން ބުނީ މި ހާދިސާ ހިނގީ ޕެޓްރޯލް ޕަމްޕަށް ޕެޓްރޯލް އަޅަން އުޅުމުގެ ތެރޭގައި ކަމަށް ލަފާ ކުރެވޭ ކަމަށާއި އަލިފާން ހިފިތާ މާ ގިނައިރެއް ނުވަނީސް އެސަރަހައްދުގައި އުޅުނު އެހެން ދޯނިތަކުގެ އެހީގައި އަލިފާންގަނޑު ނިއްވާލެވުނު ކަމަށެވެ.

ތަފްސީލް އަންނަނީ..

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި އެންމެހާ މަސްވެރިނަށް ފަށްފަށުން ޝުކުރުދަންނަވަން. މަސްވެރިންނަކީ ހަމަ އެއްބައެއް. ފިސާރި ރަނގަޅަށް އެއްބައިވަންތަކަން މިއަދު ދައްކަ ދީފި.

ފަހުގެ