ތުޅާދޫގައި މަސްކިރޭނެ ގޮތެއް ހަދައިދިނުމަށް ކައުންސިލުން އެދުނުއެދުމަށް ޖަވާބެއް ދެވެން ނެތް: ރައީސުލްޖުމްހުރިއްޔާ

aswew-e1613889740467

ބ. ތުޅާދޫގައި މަސްކިރޭނެ ގޮތެއް ހަދައިދިނުމަށް ކައުންސިލުން އެދުނު އެދުމަށް ޖަވާބެއް ދެވެން ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ، އަންނަ އެޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބަށް ކެމްޕެއިން ކުރުމަށްޓަކައި ކުރިއަށްގެންދާ "ރަށްވެހި ފަތިސް" ޕްރޮގްރާމްގެ ތެރެއިން
ތުޅާދޫ އެމްޑީޕީގެ ކެނޑިޑޭޓުންނާ އެކު ބޭއްވެވި ބައްދަލުމުގައެވެ.

މިބައްދަލުވުމުގައި ތުޅާދޫ ކައުންސިލުން ވަނީ މިވަގުތު ރަށަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ހިއްްސާ ކުރައްވާފައެވެ. އަދި ހުށައެޅުއްވި ކަންތައް ވީ އެންމެ އަވަހަކަށް ކޮށްދެއްވުމަށްވެސް ކައުންސިލުން ވަނީ އެދިފައެވެ. ތުޅާދޫ ކައުންސިލްގެ ރައީސް އަހުމަދު ޝާހިދު ވަނީ  ތުޅާދޫގެ މަސްވެރިންނަށް އެންމެ ބޮޑަށް ބޭނުންވަނީ ބާނާ މަސްކޮޅު ރަށަށް ކިރޭނެ އިންތިޒާމެއް ހަމަޖެހިފަ އޮތުން ކަމަށާއި މިފްކޯގެ މަސް ކާރުހާނާއެއް ކޮންމެހެން އެރަށަށް ބޭނުންވާކަމަށް ވިދާޅުވެފައެވެ. ކައުންސިލްގެ ރައީސްގެ މި ވާހަކަފުޅަށް ރައީސް ސޯލިހު ދެއްވި ޖަވާބަކީ ރައްޔިތުން ކުރިމަތީގައި ކައުންސިލްގެ ރައީސް ލަދުގަންނަ ކަހަލަ ޖަވާބެކެވެ.

ރައީސް ސޯލިހު ވިދާޅުވީ، ތުޅާދޫގައި މަސްކިރޭނެ ގޮތެއް ހަދައިދިނުމަށް ކައުންސިލުން އެދުނުއެދުމަށް ޖަވާބެއް ދެވެން ނެތްކަމަށެވެ.

"މަހާއި ބެހޭގޮތުން މަސްކިރޭނެ ގޮތެއް ހަދައިދޭން ތި ވިދާޅުވީ އައިސް ޕްލާންޓް ބަހައްޓާއިރު، ތި އަޅުގަނޑު ނޯޓު ކޮށްފިން އަދި ޖަވާބެއް ނުދެވޭނެ. އެއީ މިއަހަރުތެރޭގަ އެހެން ދިމަދިމާގަ އަޅުގަނޑުމެން އެބަހުރި ބަޖެޓް ކުރެވިފަ. އިތުރަށް ބަޖެޓުން ތިރަށަށް އެލޮކޭޓް ކުރެވިދާނެތޯ އަޅުގަނޑު ބަލާނީ. އެއީ އެޔަށް ސީދާ ޖަވާބެއް އަޅުގަނޑަކަށް ނެތް މިރޭ ދެވޭކަށް" ރައީސް ސޯލިހް ވިދާޅުވިއެވެ.
ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ރައީސް ވިދާޅުވީ ތެދުބަހުން ދެން ވާން ނެތް ކަމެއް ވެސް ކޮއްދޭނަމޭ ވިދާޅުވެ ދޮގުތަ ހަދަން ވީ ހަމަ ބޯ ހަލާކު

ފަހުގެ