ފަހުގެ ތާރީޙެއްގައި މިފްކޯއަށް އެންމެ ގިނަ އަދަދަކަށް މަސް ކިރުވި ދުވަހަކީ މިދިޔަ ބުރާސްފަތި ދުވަސް!

ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަން - ފޮޓޯ: މަސްވެރިން އެމްވީ
ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަން - ފޮޓޯ: މަސްވެރިން އެމްވީ

މިދިޔަ ބުރާސްފަތި ދުވަހު މިފްކޯއަށް 600 ޓަނަށްވުރެ ގިނަ މަސް ކިރުވާފައިވާ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ. މިއީ ފަހުގެ ތާރީޙެއްގައި މިފްކޯއަށް އެއް ދުވަސްތެރޭ އެންމެ ގިނަ އަދަދަކަށް މަސް ކިރުވާފައިވާ ދުވަހެވެ.

މިފްކޯއިން އާއްމުކޮށްފައިވާ ހިސާބުތަކަށް ބާލާއިރު، މިދިޔަ ބުރާސްފަތި ދުވަހު އެކުންފުންޏަށްވަނީ 111 ދޯންޏަކުން މަސް ކިރުވާފައެވެ.

އަދި މަސް ކިރުވާފައިވާ އަދަދަށް ބަލާއިރު އެދުވަހު މިފްކޯއަށްވަނީ 609.3 މެޓްރިކް ޓަނުގެ މަސް ކިރުވާފައެވެ.

މިދިޔަ ހަފްތާއަކީ ދެކުނުގެ މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅު ހަފްތާއެކެވެ. ޙާއްސަކޮށް ބުރާސްފަތި ދުވަހު މަސްވެރިކަން ފާހާގަކޮށްލެވޭވަރަށް ވަނީ ރަނގަޅުވެފައެވެ. އެ ދުވަހު ގިނަ އަދަދަކަށް މަސް ދޯނިތަށް މަސް ކިރުވަން އައުމުން ކޫއްޑޫއަށް މަސް ކިރުވުމުގައި ދަތިތައް ކުރިމަތިވިއެވެ.

އެގޮތުން ގިނަ އަދަދެއްގެ މަސް ދޯނިތަކުން މަސް ކިރަން އައުމުގެ ސަބަބުން ކޫއްޑޫގެ ފްރީޒިން ކެޕޭސިޓީ ފުލްވެ، 25 ދޯނީގެ މަސް ކިރާފައިވަނީ ހުކުރު ދުވަހުއެވެ.

މިކަމާއި ގުޅޭގޮތުން ކޫއްޑޫގެ އެސިސްޓެންޓް ރީޖިނަލް މެނޭޖަރު މުސްތަފާ ޖަމީލް ވިދާޅުވެފައިވަނީ ހުކުރުދުވަހަކީ މިފްކޯއަށް އާންމުކޮށް މަސް ގަންނަ ދުވަހެއް ނޫން ނަމަވެސް ކިޔުގައި ތިބި ދޯނިފަހަރުގެ މަސް ހުކުރުދުވަހުވެސް ގަންނާނެކަމަށެވެ. މިގޮތުން މި 25 ދޯނީގައި 210 ޓަނުގެ ގޮދާ އެބަހުރި ކަމަށާއި މަސް ކިރަން ކިޔުގަ ޖެހޭ ދޯނިފަހަރަކަށް ކޫއްޑޫން ހިލޭ އައިސް ފޯރުކޮށްދެމުންދާކަމަށް މުސްތަފާ ވިދާޅުވެފައިވެއެވެ.

މީގެކުރިން އެއްދުވަހެއްގެ ތެރޭ އެންމެ ގިނަ އަދަދަކަށް މަސް ކިރުވާފައިވާ ދުވަހު ވަނީ 700 ޓަނުގެ މަސް މިފްކޯއަށް ކިރުވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ