މަސްވެރިއަކު ފިޓް ޖެހިގެން އަވަސް ސިއްޙީ ފަރުވާ ހޯދުމަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއުފުން ވިދާޅުވީ ޅ. އަތޮޅުގެ މެދުތެރެއިން 14 މީހުންނާއި އެކު މަސްވެރިކަން ކުރަމުން ދިޔަ ' ޙަޒާނާ' ދޯނީގައި ހުރި މަސްވެރިއަކަށް ކުއްލި ސިއްޙީ މައްސަލައެއް ދިމާވެގެން އެ މީހާއަށް ބޭނުންވާ ސިއްޙީ ފަރުވާ ހޯދުމަށް އެހީތެރިކަން ފޯރުކޮށްދެވިފައިވާ ކަމަށެވެ.
އެމްއެންޑީއެފަށް މި މި ޙާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 9:03 ހާއިރުއެވެ.
މި ފިޓް ޖެހިފައިވަނީ 30 އަހަރުގެ ދިވެހި މަސްވެރިއެއް ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ އެހީގައި އއެ މީހާ މިހާރުވަނީ ވަނީ ނައިފަރަށް ގެންގޮސްފައެވެ.
މަސްދޯނިފަހަރު ބޭރުކަނޑުގައި އުޅެނިކޮށް މަސްވެރިންނަށް ދިމާވާ ސިއްޚީ ކުއްލި މައްސަލަތަކަށް އެމްއެންޑީއެފުން އަންނަނީ އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.