މިއީ ވެނުގެ ސިފައިގައި ހުންނަމަހެކެވެ.
މިމަސް ޢާއްމުގޮތެއްގައި އުޅެނީ ވަރަށް ބޯކޮށް އައިން ހަދައިގެން ފަޅުގެ ތިލަހިސާބުތަކުގައެވެ. މިގޮތަށް އައިނުހަދައިގެން ދަތުރުކުރާއިރު މަސްތައް އުޅެނީ ވަރަށް ބޮޑަށް ގައިގޯޅިވެ ވަރަށް ބޮޑަށް ޖެހިފިތިގެން، ގާތްގާތުގައެވެ. މިމަސް ގިނައިންކައި އުޅެނީ މަހާއި، ކުދިކަކުނި އަދި ޑިނގާފާޑުގެ އެއްޗިއްސާއި ބޮލީގެ ވައްތަރުތަކެވެ. މިމަސް އެންމެ ބޮޑުވަނީ 32 ސެންޓިމީޓަރަށެވެ.
މަހުގެ ބުރަކަށިމަތީ ފުރަތަމަ ކޮތަރިބައިގެ ފުރަތަމަ ކަށްޓާ ކަންފަތްގަޑުގައި ހުންނަ ހަރުކަށްޓަކީ ވަރަށް ވިހަގަދަ 2 ކަށްޓެވެ. ވީމާ މިމަސް ހިފާގެންގުޅޭއިރު މިކަމަށް ވިސްނައިގެން ގެންގުޅުމަކީ ކޮންމެހެން ބޭނުން ކަމެކެވެ. މިއީ ޢާއްމުގޮތެއްގައި ރާއްޖޭގެ މަސްވެރިން ހިފާއުޅޭ މަހެއްނޫނެވެ. އަދި ދިވެހިން ކެއުމަށް ބޭނުންކޮށްއުޅޭ މަހެއްވެސްނޫނެވެ.
މަހުގެ ތުނބުގައި ހަތަރު ޖޯޑު ނަރުވާހުރެއެވެ. މަހުގެ މަތީކޮތަރިބައިގެ ފުރަތަމަ ކަށި ހުންނަނީ ކޮޅަށް ވަރަށް ތޫނު ކޮށެވެ. މަހުގެ މަތީގެ ދެވަނަކޮތަރިބަޔާއި ނިގޫފަތް އަދި ބަނޑުދަށްފަރާތު ކޮތަރިބައި ހުންނަނީ ގުޅި އެއްކޮތަރިބައެއްގެ ގޮތުގައެވެ. މަހުގެ މަތީބައިގެ ކުލައަކީ މުށިކުލައެވެ. ބަނޑުދަށްފަރާތުގެ ކުލައަކީ ހުދުކުލައެވެ. މަހު ދެފަރާތުގައި ހުދުކުލައިގެ ފުޅާ ތިން ރޮނގުހުރެއެވެ.
މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
One Response
This fish can reach maximum length of 32 cm.. Not 2cm. I think it is a typing mistake