WhatsApp Image 2021-03-04 at 12.12.44

ޤަވާއިދާ ޚިލާފަށް ކަނދުފަތި ބޭނުންކުރާ ދޯނިފަހަރުގެ ވީޑިއޯތަކެއް މަސްވެރިޔަކު އާންމުކޮށްފި

ޤަވާއިދާ ޚިލާފަށް ކަނދުފަތި ބޭނުންކުރާ ދޯނިފަހަރުގެ ވީޑިއޯތަކެއް މަސްވެރިޔަކު އާންމުކޮށްފިއެވެ.

މި ވީޑިއޯތައް ފޭސްބުކްގައި ޚިއްޞާ ކުރަމުން އޭނާ ބުނެފައިވަނީ މިކަމަށް (ޤަވާއިދާ ޚިލާފަށް ކަނދުފަތި ބޭނުންކުރުން) ހުއްޓުވޭނީ މިފަދަ ކަންކަން ކުރާ މީޙުންގެ މަޢުލޫމާތު ފިޝަރީޒް މިނިސްޓްރީ އާ ޚިއްސާ ކޮށްގެން ކަމަށެވެ. އަދި މިނިސްޓްރީން ކަނޑައަޅާފައިވާ ޤަވާއިދަ ޚިލާފަށް ކަނދުފަތި ބޭނުންކުރާ ފަރާތްތަކުގެ މަޢުލޫމާތު ހުރިހާ މަސްވެރިންވެސް މިގޮތަށް އާންމުކުރުމަށް އޭނާ ވަނީ އެދިފައެވެ. އަދި ބަދަލު ގެނެވޭނީ އެންމެން އެއްކޮސް މަސައްކަތް ކޮސްގެންކަމަށް މި ވީޑިއޯތައް ހިއްސާކުރި ނީމޯ ބުނެފައިވެއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ޤަވާއިދާ ޚިލާފަށް ކަނދުފަތި ކައިރީގައި މަސްވެރިކަން ކުރާ ކަމުގެ ޝަކުވާ އެމިނިސްޓްރީއަށް ލިބެމުން އަންނަ ކަމަށާއި އަދި މިފަދަ މައްސަލަތައް މިނިސްޓްރީން ބަލަމުން ގެންދާކަމަށެވެ. ޤަވާއިދާ ޚިލާފަށް ކަނދުފަތި ކައިރީގައި މަސްވެރިކަން ކުރާ ދޯނީގެ މަޢުލޫމާތު ޚިއްސާ ކުރާއިރު އެ ދޯންޏަކީ ކޮން ދޯންޏެއްކަން އެނގޭ މިންވަރަށް މަޢުލޫމާތު ހިއްސާ ކުރެއްވުމަށް މިނިސްްޓްރީން ބުނެއެވެ. މި މަޢުލޫމާތު ހިއްސާ ކުރުމުން އެކަން ބެލުމަށްފަހު އެ ދޯންޏަކާމެދު ފިޔަވަޅު އަޅުއްވާނެކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ. ޤަވާއިދާ ޚިލާފަށް ކަނދުފަތި ކައިރީ މަސްވެރިކަން ކުރާ ނަމަ މިފަދަ ދޯނިފަހަރުގެ ފޮޓޯއާއި ވީޑިއޯ މިނިސްޓްރީއާއި ހިއްސާ ކުރުމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ. މިގޮތުން މިނިސްޓްރީގެ ފޭސްބުކް ޕޭޖް، ޓްވިޓަރ އަށް މެސެޖްކޮށްގެންވެސް މަޢުލޫމާތު ޚިއްސާ ކުރެވޭނެ ކަމާށާއި، އަދި މިނިސްޓްރީއަށް ގުޅައިގެންވެސް މަޢުލޫމާތު ހިއްސާ ކުރެވޭނެކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

ޤަވާއިދާ ޚިލާފަށް ކަނދިުފަތި ބޭނުންކުރި 3 ދޯންޏެއްގެ ކެޔޮޅުންނާއި އޮޑިވެރިންނަށް މިހާރުވެސް ވަނީ ފިޔަވަޅު އަޅާފައެވެ. މިއިން ކޮންމެ ފަރާތެއް 5000 ރުފިޔާއިން ވަނީ ޖޫރިމަނާ ކޮށްފައެވެ.

މަސްވެރިކަމުގެ އާންމު ޤަވާއިދުގެ ދަށުން ކަނދުފައްޗަށް ގެއްލުން ދިނުމާއި، ކަނދުފަތި ވަށައިގެން 3 މޭލު ސަރަހައްދުފައި ދިރޭ އެންޖަހައިގެން މަސްވެރިކަން ކުރުމާއި، ކަނދުފަތި ކައިރީގައި ވަދު ދެމުމާއި، ތާވަޅު އުކުންމާއި އަދި ކަނދުފަތީގައި ވާ އެއްސުމަކީ މަނާ ކަންކަމެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!