ރާއްޖޭގައި ފުރަތަމަ ފަހަރަށް 5 ފިޔަލީ ބުރަފަށްޗެއް މަހަށްދާ ދޯންޏެއްގައި ހަރުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މި މަސައްކަތް ފަށާފައިވަނީ ގދ.މަޑަވެލީ 'ކަމަނަ' ދޯނިންނެވެ. ކަމަނަ ދޯންޏަކީ މަސްވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ދޯންޏެކެވެ. އެގޮތުން މިދިޔަ އަހަރު އެންމެ ގިނައިން މަސްކިރުވި ދޯނީގެ އެވޯޑް “ކަމަނަ” ދޯނިން ވަނީ ހޯދާފައެވެ.
ޒަމާނީ ބޮޑު ބަދަލަކާއި ދިމާއަށް މިސްރާބް ޖަހަމުންދާ 'ކަމަނަ' ދޯނީގެ ވެރިޔާ އަދި ކެޔޮޅު މުޙައްމަދު ޝަފީގު ބުނީ 5 ފިޔަލީ ބުރަފަތި ޗައިނާއިން އޯޑަރުކޮށްގެން ގެނެސް ހަރުކުރުމުން އެނގުނީ އެ ބަރަފަތި މާ ބަރު ކަމަށެވެ. އެހެން ކަމުން މިހާރު އެއަށް ވުރެއް ލުއި 5 ފިޔަލީ ބުރަފައްޗެއް އަންނަ މަސްތެރޭ އަނެއްކާވެސް އެބަ އަންނަ ކަމަށް ޝަފީޤް ބުންޏެވެ.
" ކުޑަ މައްސަލައެއް ދިމާވީ، އިންޖީނުގެ އާރުޕީއެމް ފުލްކޮށް ނުލިބެނީ، މިހާރު 1650 އާރުޕީއެމް ލިބެނީ، 1650 އާރުޕީއެމްގައި ދޯނި އެބަ ދުވޭ ގަޑިއަކު 14 މޭލު، މުޅި ދޯންޏާއި އެއްކޮށް ބަރުކުރީމައި، 12.6 ނޯޓްސްގަ އެބަ ދުވޭ، އެހެންވީމާ އާރުޕީއެމް ނުލިބޭ މައްސަލަ އެއީ ބޮޑު މައްސަލައެއް،" ޝަފީޤް ބުންޏެވެ.
ޝަފީޤް ބުނީ މި މައްސަލާއި ގުޅޭގޮތުން ޗައިނާގެ އެ ކުންފުންޏާއި ވާހަކަދެއްކުމުން ބުނެފައިވަނީ ބުރަފަތި މާ ބަރީ ކަމަށެވެ. އެހެން ކަމުން މިހާރު ލުއި ބުރަފަށްޗެއް ތައްޔާރުކޮށް އަންނަ މަސްތެރޭ ރާއްޖެއަށް ފޮނުވާނެ ކަމަށް އެކުންފުނިން ބުނެފައިވާ ކަމަށް ޝަފީޤް ބުންޏެވެ.

ޝަފީޤް ބުނީ މި ބަދަލު ގެންނަން ނިންމީ މަސްވެރިކަން ތަރައްޤީވަމުންދާ މިންވަރަށް މަސްވެރި އޮޑިފަހަރުވެސް ތަރައްޤީވާން ޖެހޭތީ ކަމަށެވެ. އެގޮތުން މިހާރު މަސްވެރިކަން ކުރުމަށް ރާއްޖޭގެ އެކި ހިސާބުތަކަށް ދުއްވަން ޖެހޭއިރު، ދަތުރަށް ހޭދަވާ ވަގުތަކީ މުޙިއްމު ވަގުތުތަކެއް ކަމަށެވެ.
" މިހާރު މަޑަވެލިން ކޫއްޑޫއަށް ދާން 2 ގަޑިއިރާ 30 މިނެޓް ނަގާ، އެހެން ނަމަވެސް 5 ފިޔަލީ ބުރަފަތި ލުމުން ދޯނި 2 ގަޑިއިރުން ކޫއްޑޫއާ ހަމައަށް ފޯރާނެ،" ޝަފީޤް ބުންޏެވެ.
ޝަފީޤް ބުނީ މިކަމަށް ބޮޑު ހޭދައެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ފުރަތަމަ ޕޭމަންޓެއްގެ ގޮތުގައި 1 ލައްކަ 80 ހާސް ރުފިޔާ ދައްކާފައިވާ ކަމަށެވެ. އަދި ބާކީ 4000 ޑޮލަރު ދައްކަން ޖެހޭ ކަމަށް ޝަފީޤް ބުންޏެވެ.
ގދ. މަޑަވެލީ “ކަމަނަ” ދޯންޏަކީ ދޮށީގެ މަސްވެރިކަން ކުރާ މަޝްހޫރު ދޯންޏެކެވެ. 99 ފޫޓުގެ މި ދޯންޏަކީ ރާއްޖޭގެ މަސްދޯންޏެއްގައި ބޭނުންކުރާ ހުރިހާ ޒަމާނީ ވަސީލަތްތައް ފުރިހަމަ ދޯންޏެކެވެ. މިގޮތުން މަސް ފިނިކުރާ “އާރު.އެސް.ޑަބްލިޔު” ސިސްޓަމާއި ދޫނި ރާޑަރުގެ އިތުރުން އިލެކްޓްރޯނިކް ވިންޗް ފަދަ ވަސީލަތްތައް މި ދޯނީގައި ބޭނުންކުރެއެވެ.
ދޯނީގެ އިންޖީނަކީ 672 ހޯސްޕަވަރުގެ އިންޖީނެކެވެ. މި އިންޖީނާއެކު ދޯނީގެ ދުވެލި އުޅެނީ ގަޑިއަކު 12 މޭލު ބާރުމިނުގައެވެ. މި ދޯނި މަސްވެރިކަމުގައި ޚަރަކާތްތެރިވާތާ ގާތްގަނޑަކަށް 6 އަހަރު ވެއްޖެއެވެ.
މި ދޯނިން 35 މަސްވެރިން މަހަށް ދެއެވެ.
8 Responses
ގަދަ
Thee alah harukura kuraabkameh noon
R.atoll ga ebahuri baivaru.
Resort eh ge dhoani thakuga ebahuri
Foni nukandaa hurevey tho balaaala
Mas dhoni eh ga alah harukuri vAahak ey buraancchaa
5ފިޔަ ބުރަފއްޗަކީ މާމޮޅު އެއްޗއެއްތަ. ކިޔާތީ އަޑުއެހިން ބުރަފަތި އަޅައިގެން ދުއްވީމަ އަތަަށްގޮވި ވާހަކަ.
Dhosheega mas vesrikan kuraa mas dhoanyeh adhi alashey dhw ebuny 5 fiyalee burafahcheh alhuvany..rashagalhah balaalun muhinmmu 😀
Miyakee furathama 5 fiyaige burafacheh alhaa faharehnoon.
Rajjeygaa eba huri ehen mas dhoaneega ves 5 fiya alhuvaafa,
ތިއައީ ދުނިއޭގަވެސް އަލަށް ކުރާ ކަމެއް
އެއީ މުޅި ދުނިޔެއަށް ބެލިއަސް ކަމަނަ ކިއާ ދޯންޏެއްގަ ފަސްފިއަލީ ބުރަފއްޗެއް އަދި ނުލާ
ތިއައޮތީ ރެކޯޑެއް ހެދިފަ ދެން ތިއަ އޮޑީ މީހުން ކައިރީ ބުނޭ އެންމެން ވެގެން ތައްމައްޗަށް ގޮރުހަޑާ ލާށޭ އެއިރުން މުޅި ދުނިއެއިންވެސް ކަމަނަ ކިއާ ދޯންޏެއްގެ ފަޅުވެރިން އެއްފަހަރާ ތަންމަށްޗަށް ގޮރު ހެޑި ކަމުގެ ރެކޯޑެއްވެސް މުގުރާލެވުނީތާ
މަހައްދާ ދޯންޏެއްގައި ފުރަތަމަ ފަސްފިޔަލީ ވާހަކައޭ އެބުނަނީ މިތާމީހުން ކޮމެންޓް ކުރިޔަސް އަދި ނެއްވާކަށް ދޯ ކަމުގެ ދެކޮޅުބަލާފަ ކޮމަންޓް ކުރަމާ ހިނގާ ކުދިންނޭ