މަސްވެރިކަމާއި ގުޅޭ

152870299_337317204282475_41560590431514417_n

ހދ. މަކުނުދޫ "ވިދުވަރު"

ހދ. މަކުނުދޫ “ވިދުވަރު” ދޯންޏަކީ ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަށް ޚާއްޞަ ދޯންޏެކެވެ.

83 ފޫޓުގެ ދިގު މި ދޯންޏަކީ 23 ފޫޓު ފުޅާ ދޯންޏެކެވެ. ދޯނީގެ އިންޖީނުގެ ސައިޒަކީ 350 ހޯސްޕަވަރެވެ. މި އިންޖީނުން ގަޑިއަކު 9 މޭލު ދުވެއެވެ. މިދޯނި އެއް ދަތުރުން އެންމެ ގިނައިން ކިރުވާފަިއވަނީ 8 ޓަނު ބޮޑު ކަންޏެއްޔެވެ. އެއްދުވަހުން އެންމެ ގިނައިން ބޭނީ 4 ޓަނު ބޮޑު ކަންޏެއްޔެވެ. މިދޯނީގައި މަސް ރައްކާކުރެވޭ ޖާގައަކީ 32 ޓަނެވެ. މި ދޯނިން ކަންނެއްޔަށްދާ މަސްވެރިންގެ އަދަދަކީ 14 އެވެ.

ދޯނީގެ ކެޔޮޅަކީ ހދ. މަކުނުދޫ އަހުމަދު އަލީ އެވެ. މި ދޯނީގެ ކެޔޮޅަކީ ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން އުފެއްދުމުގައި އިސްކޮށް އުޅުނު އެއް ފަރާތެވެ.

 

ގުޅުންހުރި ލިޔުންތައް