Fresh water fish

ފެނުގައި އުޅޭ މަހުގެ އާބާދީގެ ތެރެއިން އެތައްހާސް މަހެއް ނެތިގެން ހިގައިދާނެ: ދިރާސާ

ފެނުގައި އުޅޭ މަހުގެ އާބާދީގެ ތެރެއިން އެތައް ހާސް މަހެއް ނެތިގެން ހިގައިދާނެކަމަށް ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ ގިނަ ޖަމިއްޔާތަކުން ބުނެފިއެވެ.

އެ ޖަމިއްޔާތަކުން ބުނި ގޮތުގައި ދުނިޔޭގެ ފެނުގައި އުޅޭ މަހުގެ އާބާދީގެ ތެރެއިން ބޮޑެތި މަސްތަކުގެ އާބާދީ %94 ދަށްވެފައިވާ ކަމަށާއި އަދި މީގެ ތެރެއިން ކޮންމެ 3 މަހަކުން 1 މަސް އެއްކޮށް ނެތިގެން ހިގަނއިދާނެއެވެ.

ވޯލްޑް ވައިލްޑްލައިފް ފައުންޑޭޝަންއިން ގެ ރިޕޯޓްގައި ބުނާ ގޮތުން ފެނުގައި އުޅޭ މަހުގެ އާބާދީގެ ތެރެއިން އެތަށްހާސް މަހުގެ ބާވަތްތަކުގެ މަސް އެއްކޮށް ނެތިގެން ހިގައިދާނެއެވެ. އަދި މިއީ ކަނޑާއި ޖަންގަލިތަކުގައި ދިރިއުޅޭ ބާވަތްތަކަށްވުރެ ދެގުނަ ހަލުއި މިންވަރެކެވެ.

އައިޔޫސީއެންގެ "ރެޑް ލިސްޓް އޮފް ތްރެޓެންޑް ސްޕީޝީސް" ގައި ފެނުގައި ދިރިއުޅޭ މަހުގެ ބާވަތްތަކުގެ ތެރެއިން 80 ބާވަތެއް މިހާރުވެސް ދުނިޔެއިން އެއްކޮށް ނެތިގެން ގޮސްފައިވާކަމަށް ކަނޑައަޅާފައިވެއެވެ. މީގެ ތެރެއިން 16 ބާވަތެއް ނެތިގެން ގޮސްފައިވާކަމަށް ކަނޑައަޅާފައިވަނީ 2020 ވަނަ އަހަރުގައެވެ.

މީގެ އިތުރުން ދިރާސާތަކުން ދައްކާ ގޮތުގައި 1970ގެ ފަހުން ފެނުގައި ދިރިއުޅޭ މަހުގެ އާބާދީގެ ތެރެއިން ހިޖުރަކުރާ މަހުގެ އާބާދީ ވަނީ %76 ދަށަށް ގޮސްފައެވެ. ބޮޑެތި މަސްތަކުގެ ތެރެއިން ހިޖުރަކުރާ މަހުގެ އާބާދީވަނީ %94 ދަށަށް ގޮސްފައެވެ.

މަހުގެ އާބާދީއަށް މިއަންނަ ބަދަލުގެ ސަބަބުން ގެއްލުންވަމުންދަނީ ކޯރުތަކާއި، ކުޅިތަކުގެ އިތުުރުން މުޖުތަމައުތަކަށާއި މުޅި ދުނިޔޭގެ އިގްތިސާދަށެވެ. ފެނުގައި އުޅޭ މަހުގެ މަސްވެރިކަމަކީ އޭޝިއާ، އެފްރިކާ އަދި ދެކުނު އެމެރިކާގެ އާބާދީގެ 200 މިލިއަން މީހުންނަށް ބޭނުންވާ ޕްރޮޓީނެވެ. އަދި 60 މިލިއަން މީހުން ދިރިއުޅުމަށް އާމްދަނީ ހޯދުމަށް ކުރާ މަސައްކަތެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!