އދ. މަހިބަދޫގައި ފާނަ އާލާކުރުމުގެ މަޝްރޫޢު ފުޅާކުރުމަށް ސަރުކާރުން ބޭނުންވާ އެހީތެރިކަން ދެމުންދާނެ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
އެމްޑީޕީން ކުރިއަށްގެންދާ ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން "ރަށްވެހި ފަތިސް"ގެ ކެނޑިޑޭޓުންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހުރިއްޔާ އިބްރާޙީމް މުޙައްމަދު ޞޯލިޙް ވިދާޅުވީ މަހިބަދޫގެ 7 ފަރާތަކާއި ގުޅިގެން ފިޝަރީޒް މިނިސްޓްރީން ފާނަ އާލާކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށެވެ.
" ފާނަ އާލާކުރުމަށް މީގެން ކޮންމެ ފަރާތަކަށް 1000 ފާނަވަނީ ހަވާލުކޮށްފައި، އަދި މިދިޔަ އޮކްޓޫބަރުމަހުގެ ނިޔަލަށް ކޮށިތަކުގައި 4240 ފާނަވަނީ ބޮޑުކޮށްފައިވޭ، މިކަމުގައި ސަރުކާރުން އިތުރަށް އެހީތެރިކަން ފޯރުކޮށްދޭނަން،" ރައީސް ޞޯލިޙް ވިދާޅުވިއެވެ.
މަހިބަދޫގައި ފާނަ އާލާކުރުމުގެ މަޝްރޫޢަކީ ފިޝަރީޒްމިނިސްޓްރީން ކުރިއަށްގެންދާ ސަސްޓެއިނަބަލް ފިޝަރީޒްރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ދަށުން ކުރިއަށްގެންދާމަޝްރޫޢެކެވެ.
ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓްޕްރޮޖެކްޓަކީ ރާއްޖޭގެ ކަނޑުފަޅުގެ މުއްސަނދިކަން ތަރައްޤީކޮށްހެޔޮގޮތުގައި ބޭނުންކުރުމުގެ މަޤްސަދުގައި 2017 ވަނަ އަހަރު ފެށި5 އަހަރު ދުވަހުގެ މަޝްރޫޢެކެވެ.
މި މަޝްރޫޢޫގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކޮށް ކުރިއެރުވުމެވެ. އަދިމަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތައް ތަރައްޤީކޮށް، ހިންގާބަލަހައްޓައި، ދިވެހިރާއްޖޭގެ މެރިކަލްޗަރ ސިނާޢަތުގެމަސައްކަތްތައް ހަރުދަނާކުރުމެވެ.
މިމަޝްރޫޢުގެ ދަށުން ދިވެހިރާއްޖޭގައި މެރިކަލްޗަރ ތަރައްޤީކޮށް،އާންމު ރައްޔިތުންނަށް މެރިކަލްޗަރ މަސައްކަތުން އާމްދަނީލިއްބައިދިނުމަށްޓަކައި ފާނަ ބޮޑުކުރުމުގެ ޕައިލެޓް ޕްރޮޖެކްޓެއްއ.ދ މަހިބަދޫ، އޮމަދޫ، ދަނގެތި އަދި ދިގުރަށުގައި ވަނީ ފަށާފައެވެ.
މި ހަރަކާތުގައި ބައިވެރިވުމަށް ހޮވިފައިވާ ގޭބިސީތަކަށް މޫދުކޮށްޓާއި ކުދި ފާނައާއި މަސް ކާނާގެ އިތުރުން، ފާނަ ބޮޑުކުރުމުގެކުދި ވިޔަފާރި ރާވާ ހިންގުމާއި ގުޅޭ ސިލްސިލާ ތަމްރީނުތައްވެސްކުރިއަށް ގެންދެވެއެވެ.
މި މަޝްރޫޢުގައި އާލާކުރާ ފާނަތައް ދަނީ ބޭރުގެ މާރުކެޓުތަކަށްވިއްކަމުންނެވެ.