ސްވިމިންގ އިންސްޓްރަކްޓަރ 
ކޯހުގެ ބައިވެރިންނާއި މުދައްރިބުން - ފޮޓޯ ދިވެހި މަސްވެރިން
ސްވިމިންގ އިންސްޓްރަކްޓަރ ކޯހުގެ ބައިވެރިންނާއި މުދައްރިބުން - ފޮޓޯ ދިވެހި މަސްވެރިން

ދިވެހި މަސްވެެރިން ޖަމިއްޔާއިން ގެމަނަފުށީގައި ސްވިމިންގ އިންސްޓްރަކްޓަރ ކޯހެއް ކުރިއަށް ގެންގޮސްފި

ދިވެހި މަސްވެެރިން ޖަމިއްޔާއިން ގެމަނަފުށީގައި ސްވިމިންގ އިންސްޓްރަކްޓަރ ކޯހެއް ކުރިއަށް ގެންގޮސްފިއެވެ.

މިކޯހަކީ ޔޫއެންޑީޕީގެ "ސްމޯލް ގްރާންޓް ޕްރޮގްރާމް - އެސްޖީޕީ" އާއި "އޮސްޓްރޭލިއަން އެއިޑް"ގެ ހިލޭ އެހީގެ ދަަށުން ކުރިއަށް ގެންދެވުނު ކޯހެކެވެ.

ގެމަނަފުށީގައި މިކޯސް ކުރިއަށް ގެންގޮސްދީފައިވަނީ ގދ. ތިނަދޫ "ހުވަދޫ ސްވިމިންގ ކްލަބު"ގެ މުދައްރިބުންވެ. އެގޮތުން މި ކޯހުގައި ކިޔަވައި ދެއްވުމަށް 4 މުދައްރިބަކުވަނީ ބައިވެރިވެފައެވެ.

މިކޯހުގައި 9 މުދައްރިބުން ތަމްރީނުކުރެވުނެވެ. އެއީ އަންހެން 3 ބައިވެރިންނާއި 6 ފިރިހެން ބައިވެރިންނެވެ. އަދި ގެމަނަފުށީ ސުކޫލުގެ 145 ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ ކްލާސްތަކެއް ބޭއްވުނެވެ. އޭގެ ތެރޭގައި މުޅިިން އަލަށް 102 ކުއްޖަކަށް ފަތަން ދަސްކޮށްދީފައިވާއިރު، 28 ދަރިވަރުންނަށް 4 ވައްތަރުގެ ފެތުންވަނީ ދަސްކޮށްދީފައެވެ. މީގެ އިތުރުން ބެލެނިވެރިންނާއި އާންމުންނަށް ފަތަން ދަސްކުރުމަށް ހުޅުވާލި ފުރުސަތުގައި ބައިވެރިވި މެމްބަރުންގެ ތެރެއިން 14 އަންހެން ބޭފުޅަކުވަނީ ފަަތަން ދަސްކޮށްފައެވެ.

ސްވިމިންގ އިންސްޓްރަކްޓަރ ކޯހުގައި ފަތަން ދަސްކުރި ދަރިވަކު ސެޓްފިކެޓާއި ހަވާލުވަނީ - ފޮޓޯ ދިވެހި މަސްވެރިން

"ސްވިމިންގ އިންސްޓްރަކްޓަރ" ކޯހުގެ ތެރެއިން ގެމަނފުށީ ސުކޫލުގެ ދަރިވަރުންނާއި އާންމުންނަށް ފަތަން ދަސްކޮށްދިނުމަށް ހުޅުވާލި ފުރުސަތުގައި 116 ބައިވެރިންނަށް މުޅިން އަލަށް ފަތަން ދަސްކޮށްދެވުމަކީ ވަރަށް ބޮޑު ކާމިޔާބެއްކަމަށް ދިވެހި މަސްވެރިންގެ ޖަމިއްޔާގެ ރައީސް އަހުމަދު ޝާފިއު ބުންޏެވެ. އަދި އޭގެ އިތުރަށް މުދައްރިބުންގެ 6 ބައިވެރިއަކީ ގެމަނަފުށީ ސުކޫލުގެ މުވައްޒަފުންކަމަށް ވުމުން، މުސްތަގުބަލުގައި ސުކޫލު ކުދިންނަށް ފަތަން ދަސްކޮށްދިނުމުގެ ހަރަކާތްތަށް ކުރިއަށް ގެންދިއުމުގައި ފަސޭހަވެގެން ދާނެކަމަށް އޭނާ ބުންޏެވެ.

ސްވިމިންގ އިންސްޓްރަކްޓަރ ކޯހުގެ އަންހެން ބައިވެރިންނާއި އެކު ފަތަން ދަސްކުރި ބައެއް އަންހެން ބޭފުޅުން - ފޮޓޯ ދިވެހި މަސްވެރިން

19 ފެބްރުއަރީ 2021 އިން ފެށިގެން 11 މާޗް 2021ގެ ނިޔަލަށް ކުރިއަށް ގެންދިޔަ މިކޯހަކީ ދިވެހި މަސްވެރިން ޖަމިއްޔާއިން ކުރިއަށް ގެންދާ "ކޮމިއުނިޓީ ކްލައިމެޓް ވޮޗް" ޕްރޮޖެކްޓްގެ އެންމެފަހު ހަރަކާތްކަމަށް އެ ޖަމިއްޔާގެ ރައީސް އަޙްމަދު ޝާފިއު މައުލޫމާތުދެއެވެ. މީގެ ކުރިން އެ ޖަމިއްޔާއިންވަނީ މި ޕްރޮޖެކްޓްގެ ދަށުން ގއ އަދި ގދ ގެ32 ކަނޑުއޮޅިއަށް ޑައިވްކޮށް މައުލޫމާތު އެއްކޮށްފައެވެ. އަދި މީގެ އިތުރުން ގެމަނަފުށީގައި ފަރު ދިރާސާކުރުމުގެ "ރީފް ޗެކް" ކޯހެއް ކުރިއަށް ގެންގޮސް 8 ބައިވެރިއަކަށް ރީފް ޗެކް ލައިސަންސްވަނީ ދީފައެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!