ކޮލަމާފުއްޓާ ދިމާ 10 މޭލު ބޭރުން ބޭރު ބޯޓެއް ފެނިގެން މިއަދު މަސްވެރިން އެ ބޯޓު ހުއްޓުވަން މަސައްކަތް ކޮށްފިއެވެ.
އެބޯޓު ފެނުނީ މިއަދު ހަވީރު 16:00 ހާއިރުކަމަށް މައުލޫމާތު ލިބެއެވެ. ބޯޓު ފެނުނު ދޯނި ބޯޓާއި ކައިރި ކުރުމާއިއެކު ބޭރަށް ދުއްވާލީ ބަންދުކޮށްފައިހުރި ބަސްތާތަކެއް ކަނޑަށް އެއްލަމުންކަމަށް އެބޯޓު ހިފަހައްޓަން މަސައްކަތް ކުރި ދޯނީގެ ފަޅުވެރިއަކުވަނީ މަސްވެރިން އެމްވީ އަށް މައުލޫމާތު ދީފައެވެ.
ބޯޓު ފެނުމާއިއެކު އެމްއެންޑީއެފްއަށް މައުލޫމާތު ދިންކަމަށާއި، ބޯޓާއިއެކު 30 ވަރަކަށް މޭލު ބޭރަށް ދިޔަކަމަށް އެ ދޯނިން ބުންޏެވެ. އަދި ބޯޓު ދޫކޮށް އަތޮޅަށް އެނބުރި ދުއްވާލީ އެމްއެންޑީއެފްއިން އެންގުމުން ކަމަށް ދޯނިން ބުނެއެވެ.
ކަނޑަށް އުކާލި ބަސްތާތަކާއި ކައިރިނިވުމަށް އެމްއެންޑީއެފްއިން އެދުމުން ދޯނި ދިޔައީ ބޯޓާއި އެކީ ބޭރަށްކަމަށާއި، އެ ސަރަހައްދަށް ސީ އެމްބިއުލާންސް ދިޔަކަމަށް ދޯނިން ބުނެއެވެ.
ސީ އެމް ބިއުލާންސް އާއި އެ ދޯނި އަތޮޅަށް ވަނީ ރޭ ގާތްގަޑަކަށް 22:00 ގައެވެ.
2 Responses
އެމްއެންޑީއެފަށް އެންގުމުން އެންމެފަހުންވީގޮތް އެނގޭނު. ދެންހަދަންވީގޮތަކީ ތަޅާ ރޯނާގަންނަވާލަންވީ. އޭރުން އޮންނާނީ ފިޔަވަޅުއެޅިފަ
ރާއްޖޭގެ ބަޔަކު އެގޮތަށް ހިފަހައްޓާ އިރަށް ޖެހޭނީ ދޫކޮށްލަން ބޭރުބަޔަކު ހިފަހައްޓައިފިއްޔާއި އަދަބު ދޭންޖެހޭ. މަލިކު ބޭރުން އެން ދަމަން ތިބީ ރާއްޖެ ބަޔަކު ހެން ހީވޭ
ކޮންކަހަލަ އިންސާފެއް