މަސްވެރިކަމާއި ގުޅޭ

ނިގޫދޮން ނޫމަސް - ފޮޓޯ: ރީފްލައިފްސާވޭ

ނިގޫދޮން ނޫމަސް

މިއީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުން މަދުމަދުން ފެންނަމަހެކެވެ.

މިއީ ދިވެހި މަސްވެރިން ކުރާ ތަފާތު މަސްވެރިކަމުގައި ބޭނިފައި ހުއްޓާ ވަރަށް ނުފެންނަ މަހެކެވެ. މިމަހަށް "ނިގޫދޮން ނޫމަސް" ކިޔާފައިވަނީ މަހުގެ އިގިރޭސިނަމާ ގުޅޭގޮތުން ސިފައަށް ވިސްނާ އެގޮތުގެ މަތީންނެވެ. މިމަހަށް ބައެއް ދިވެހިން ދޮންނޫމަސް ކިޔާއުޅުމަކީ އެކަށީގެންވާ ކަމެކެވެ. މަހުގެ އަނގައިގެ ދިގުމިން ލޮލުގެފުޅާމިން ގާތްގަޑަކަށް އެއްވަރުވާނެއެވެ. ކަންފަތްގަޑުދިގެވެ. އަދި ނިގޫފަތް ހުންނަނީ ވަރަށްބޮޑަށް ކަފިވެފައެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 10 ހަރުކަށްޓާއެކު 10 މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 8 މަޑުކަށިހުރެއެވެ. މަހުގެ ކުލައަކީ ނޫކުލައާއި ރީނދޫކުލައެވެ. މަތީ ކޮތަރިބަޔާއި ނިގޫފަތުގެ ކުލައަކީ ރީނދޫކުލައެވެ. އެހެން ކޮތަރިތައް ހުންނަނީ ހުދުކުލައެއްގައެވެ.

މިމަސް އުޅެނީ 20 މީޓަރާއި 150 މީޓަރާ ދެމެދުގެ ފުންމިނުގައެވެ. މިމަސް އެންމެ ބޮޑުވާކަމަށްވަނީ ސެންޓިމީޓަރަށެވެ. މިއީ ބޮޑެތި އައިން ހަދައިގެން އަޑީގައިއުޅޭ މަހެކެވެ. މަހުގެ ކާނާއަކީ ފަނިފަކުސައެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިނގިރޭސި ނަން: Yellowtail blue snapper

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!