ކަނޑުތަކަށް ދޫކުރާ އެތައް ލައްކަ އޮޔާދާ ކަނދުފަތި ނެގުމުގެ ހަރަކާތުގައި ސުޕަމާކެޓްތަކުން ބައިވެރިވަނީ

Ghost GEar

ކަނޑުތަކަށް ދޫކުރާ އެތައް ލައްކަ އޮޔާދާ ކަނދުފަތި ނެގުމުގެ ހަރަކާތުގައި ސުޕަމާކެޓްތަކުން ބައިވެރިވަމުން އެބަދެއެވެ.

އޮޔާދާ ކަނދުފަތި (ގޯސްޓް ގިއަރ) އަކީ މަސްވެރިކަން ކުރުމުގައި މަސްޖަމާ ކުރުމަށް ދާ އަޅައިގެން މަސްނަގާ ބޯޓުތަކުން ކަނޑަށް ދޫކުރާ އެއްޗެކެވެ. މި ގޮތަށް ކަނޑަށް ދޫކުރާ އެތައް މިލިއަން ކަނދުފަތިތަކުން، އަހަރެއްގެ ތެރޭ 640000 ކަނދުފަތި ނުނެގޭކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

ދުނިޔޭގެ ކަނޑުތަކުން އޮޔާދާ ކަނދުފަތިތައް ނެގުމުގެ ހަރަކާތުގައި އެންމެ ފަހުން ބައިވެރިވެފައިވަނީ އަޔަލޭންޑްގެ ސުޕަމާކެޓެއް ކަމަށްވާ އަޔަލޭންޑްސް ފުޑްސް އިންނެވެ. އަޔަލޭންޑް ފުޑްސްގެ މެނޭޖަރ ރިޗާޑް ވޯކަރ ބުނި ގޮތުގައި ކަނޑުތަކުން ޕްލާސްޓިކް މަދުކުރުމަކީ މާކުރިންވެސް އެމީހުން ތަންފީޒުކުރަމުން އަންނަ ސިޔާސަތެއްކަމަށާއި އެހެންކަމުން ދުނިޔޭގެ ކަނޑުތަކުގެ ދިރުންތައް ހިމާޔަތްކުރުމަށް އޮޔާދާ ކަނދުފަތިތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް މަސައްކަތްކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

ބައިނަލް އަގުވާމީ ފެންވަރުގައި އޮޔާދާ ކަނދުފަތި ނަގާ ކަނޑުތަކުގެ ދިރުން ހިމާޔަތްކުރުމުގެ ހަރަކާތް ފެށުނީ 2015 ވަނަ އަހަރުގައެވެ. މި ހަރަކާތް ކުރިއަށް ގެންދިއުމަށް އިސް ނެގީ މަދަނީ ޖަމިއްޔާއެއް ކަމަށްވާ "ވޯލްޑް އެނިމަލް ޕްރޮޓެކްޓް"އިންނެވެ. "ގްލޯބަލް ގޯސްޓް ގިއަރ އިނިޝިއޭޓިވް (ޖީޖީޖީއައި) ގެ ނަމުގައި ފެށި މި ހަރަކާތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޖަމިއްޔާ ޖަމާއަތްތަކާއި، ސައިންޓިސްޓުންވަނީ ބައިވެރިވެފައެވެ.

އޮޔާދާ ކަނދުފަތިން ކަނޑަށް އެޅޭ ކުންޏަކީ، ކަނޑަށް އެޅޭ ކުނީގެ %10 ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. އަދި ހަމަ އެއާއެކު ކަނޑަށް އެޅޭ މައިކްރޯ ޕްލާސްޓިކްގެ %70 ހިއްސާކުރަނީ އޮޔާދާ ކަނދުފައްޗެވެ. މި ގޮތަށް ކަނޑަށް ދޫވާ ކަނދުފައްޗެއް ހަލާކުނުވެ އެތައް ސަތޭކަ އަހަރެއް ވަންދެން އޮވެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ތިޔަ ދެން އޮއެވާލި ގަނޱެއްވެސް މިހިސާބަށް ލައްވާ ނުލީ

ފަހުގެ