މާދަމާއި އިން ފެށިގެން މިފްކޯއާއި ހޮރައިޒަންއިން މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު ބޮޑުކޮށްފިއެވެ.
މާދަމާއިން ފެށިގެން މި ދެ ކުންފުނިންވެސް މަސްވެރިންނަށް ޑީސެލް ލީޓަރެއް ވިއްކާނީ 9 ރުފިޔާ 60 ލާރިއަށެވެ.
މިފްކޯއިން ޑީސެލް ވިއްކާ އަގަށް ބަދަލު މިގެނައީ މިއަދު އެސްޓީއޯއިން ޑީސަލް ވިއްކާ އަގު ބޮޑުކުރުމާއި ގުޅިގެންކަމަށް މިފްކޯއިން މައުލޫމާތު ދެއެވެ. މާދަމާއިން ފެށިގެން ކޫއްޑޫއާއި މިފްކޯގެ ބޯޓުތަކުން މަސްވެރިންނަށް ޑީސެލް ލީޓަރެއް 9 ރުފިޔާ 60 ލާރިއަށް ވިއްކާއިރު، އެހެނިހެން ފަރާތްތަކަށް ޑީސެލް ލީޓަރެއް ވިއްކާނީ 11 ރުފިޔާ 10 ލާރިއަށެވެ.
ހޮރައިޒަންއިން އާންމު ފަރާތްތަކަށް ޑީސެލް ލީޓަރެއް ވިއްކާނީ 14 ރުފިޔާއަށެވެ.
ފާއިތުވި 7 މަހުގެ ތެރޭގައި މިފްކޯއިން މަސްވެރިންނަށް ވިއްކަމުން އަންން ޑީސެލްގެ އަގުވަނީ އެކިފަހަރުމަތިން ބޮޑުކޮށްފެވެ. ނިމިގެން ދިޔައަހަރު ސެޕްޓެމްބަރ މަހުގެ 30 ވަނަދުވަހު މިފްކޯއިންވަނީ މަސްވެރިންނަށް 6 ރުފިޔާ 89 ލާރިއަށް ޑީސެލް ލީޓަރެއް ވިއްކާފައެވެ. މާދަމާއިން ފެށިގެން ތެލުގެ އަގަށް ގެންނަ ބަދަލާއިއެކު، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާ ބަލާއިރު ތެލުގެ އަގު މިވަނީ ލީޓަރަކުން 2 ރުފިޔާ 71 ލާރި ބޮޑުވެފައެވެ.



