ގއ މާމެންދޫ "ހުޝިޔާރު" ދޯނީގެ 55 އަހަރުގެ މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން އެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
މިހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. މިހާދިސާގެ މައުލޫމާތު ލިބުނީ 09:58 ހާއިރުކަމަށް އެމްއެންޑީއެފްއިން ބުނެއެއެވެ. އަދި އެއާއެކު އެމްއެންޑީއެފް ސަދަން އޭރިއާގެ ސްކޮޑްރަންގެ އެހީތެރިކަމާއި އެކު އެ މަސްވެރިޔާވަނީ 11:58 ގައި އަވަސްފަރުވާއަށް ގއ ވިލިނިގިލީ އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައެވެ. 