kanneli

ބޮޑުކަންނެލި ކިލޯއެެއްގެ އަގު 80 ރުފިޔާއަށް އަރައިފި

ރާއްޖޭގައި ބޮޑު ކަންނެލީގެ އަގު އުފުލިއްޖެއެވެ.

މިގޮތުން ބައެއް ކުންފުނިތަކުން ބޮޑުކަންނެލި ކިލޯއެެއް ގަންނަ އަގު މިހާރު ވަނީ  80 ރުފިޔާއަށް އަރައިފައެވެ. ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުނ އާންމުކޮށްފައިވާ ކަންނެލި ގަންނަ އަގުތަކަށް ބަލާއިރު މިވަގުތު ރާއްޖޭގައި އެންމެ ބޮޑު އަގުގައި ކަންނެލި ގަންނަމުން ދަނީ ޔޫރޯ ގްލޯބަލް ކުންފުނިންނާއި ސީއެމްއެފް އިންނެވެ. މި ދެކުންފުނިން ބޮޑު ކަންނެލި ކިލޯއެއް ގަންނަނީ 80 ރުފިޔާއަށެވެ. އަދި 18 ކިލޯއާއި 30 ކިލޯއާއި ދެމެދުގެ ކަންނެލި ކިލޯއެއް މި ދެކުންފުނިން ގަންނަނީ 60 ރުފިޔާއަށެވެ. ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ބޮޑު ކަންނެލި ގަންނަ އެންސިސްއާއި ބިގް ފިޝް އިން ބޮޑުކަންނެލި ކިލޯއެއް ގަންނަނީ 75 ރުފިޔާއަށެވެ. އަދި 18 ކިލޯއާއި 30 ކިލޯއާއި ދެމެދުގެ ކަންނެލި ކިލޯއެއް މި ދެކުންފުނިން ގަންނަނީ 50 ރުފިޔާއަށެވެ. ރާއްޖޭގައި ކުންފުނިތަކުން ބޮޑު ކަންނެލި ގޮތުގައި ބަލަނީ 30 ކިލޯއިން މަތީގެ ކަންނެއްޔެވެ. ނަމަވެސް 18 ކިލޯއިން މަތީގެ ކަންނެލި ބޮޑު ކަންނެލި ގަންނަ އަގަށްވުރެ ދަށް އަގެއްގައި ގަނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!