WhatsApp Image 2021-03-19 at 11.49.43

ރައީސް ނަޝީދު މާލޭ މަސްމާރުކޭޓަށް ޒިޔާރަތް ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ނަޝީދު މާލޭ މަސްމާރުކޭޓަށް ޒިޔާރަތް ކުރައްވައިފިއެވެ.

ރައީސް ނަޝީދުގެ މި ޒިޔާރަތުގައި މާލޭ މަސްމާރުކޭޓުގައި މަސް ވިއްކަން ތިއްބެތި ފަރާތްތަކާ ބައްދަލުކޮށް އެފަރާތްތަކުގެ ވާހަކަތައް އަޑުއައްސަވާފައިވެއެވެ. އަދި މަސް ގަންނަން މާރުކޭޓަށް ގޮސްތިބި މީހުންނާ ބައްދަލުކުރައްވާ އެފަރާތްތަކުގެ ކަންބޮޑުވުންވެސް އަޑު އައްސަވާފައިވެއެވެ. އަދި ކަމާ ބެހޭ ފަރާތްތަކާ ވާހަކަ ދައްކަވައިގެން އެފަރާތްތަކުގެ ކަންބޮޑުވުންތައް ހައްލުކޮށްދެއްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މި ޒިޔާރަތުގައި އެމަނިކުފާނުވަނީ މާރުކޭޓުގައި ހުރި ފޮއްޓަކުން އަމިއްލަ ފުޅަށް މަހެއް ނަންގަވާ އެމަސް ބައްލަވައިގެންފައިވެއެވެ.

ރައީސް ނަޝީދު ކަޅުބިލަމަހެއް ނަންގަވައިގެން

ރައީސް ނަޝީދު މަސްމާރުކޭޓަށް ކުރެއްވި މި ޒިޔާރަތަކީ ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ކެމްޕެއިން ކުރެއްވުމުގެ ގޮތުން ކުރެއްވި ޒިޔާރަތެކެވެ. ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާޢީދު ހޯއްދެވުމުގެ ގޮތުން އެމަނިކުފާނު ގެންދަވަނީ ވަރަށް ކުރަކޮށް މަސައްކަތް ކުރައްވަމުންނެވެ. މިގޮތުން މިދުވަސްވަރު ކަންމަތީ ހޮޓާތަކާއި ކެފޭ ރެސްޓޯރެންޓްތަކަށް އެމަނިކުފާނު ޒިޔާރަތް ކުރާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response