f3dbbb9e-b226-4575-8fb5-9611a20838fa

ހޯރަފުށީގައި ޤާއިމުކުރާ އައިސްޕްލާންޓްގެ ބިންގާ އަޅައިފި

ހއ. ހޯރަފުށީގައި ޤާއިމުކުރާ އައިސްޕްލާންޓްގެ ބިންގާ އަޅައިފިއެވެ.

މިކަމަށްޓަކައި ހއ. ހޯރަފުށީ ބަނދަރު ސަރަހައްދުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އައިސްޕްލާންޓްގެ ބިންގާ އަޅުއްވާދެއްވީ މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީއާއި ހޯރަފުށީ މަސްވެރިންނެވެ. މި އައިސްޕްލާންޓް އެޅުމަށް މިފްކޯއާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޖެނުއަރީ މަހުގެ ތެރޭގައެެވެ.

ޕަބްލިކް ޕްރައިވެޓް ޕަރޓްނަރޝިޕްގެ ދަށުން މިމަޝްރޫއު ކުރިއަށް ގެންދާއިރު، ފައިނޭންސް ކުރަން ހަމަޖެހިފައިވަނީ ޗަންޕާ ބްރަދަރސްއިންނެވެ. މިފްކޯއިން ބުނީ އައިސް ޕްލާންޓްގެ އަމަލީ މަސައްކަތް ފަށާތާ 150 ދުވަހުގެ ތެރޭގައި މަޝްރޫއުގެ މަސައްކަތްތައް ނިންމާނެކަމަށެވެ. މިއީ 25 ޓަނުގެ ޕްލާންޓެކެވެ. 4.2 މިލިއަން ރުފިޔާގެ މިމަޝްރޫއުގެ އޮޕަރޭޝަންގެ މަސައްކަތްތައް ކުރާނީ މިފްކޯއިންނެވެ.

ރާއްޖޭގައި ހުރިހާ އަތޮޅުތަކެއްގައި އައިސް ޕްލާންޓް މިހާރު އެބަހުއްޓެވެ. ގިނަ އައިސްޕްލާންޓަތަކީ ދުވާލަކު 25 ޓަނު ހެދޭ އައިސްޕްލާންޓް ތެކެވެ. ހޯރަފުށީގައި އައިސްޕްލާންޓް ޚިދުމަތް ލިބުމުން އިތުރުގެ މަސްވެރިންނަށް ބޮޑު ފަސޭހައެއް ވެގެންދާނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!