ހޮރައިޒަން ފިޝަރީޒުން މަސްވެރިންނަށް ވިއްކާ ޑީސަލް ލިޓަރަކުން 17 ލާރި އަގުހެޔޮކޮށްފިއެވެ.
މިފްކޯއިން މަސްވެރިންނަށް ޑީސަލް ލިޓަރެއް ވިއްކަމުންދަނީ 9 ރުފިޔާ 60 ލާރި އަށެވެ. މިގޮތަަށް ބަދަލު ގެނައީ މިމަހުގެ16 ވަނަ ދުވަހުއެވެ. މިފްކޯގެ މި ނިންމުމާއި ގުޅިގެން މިފްކޯގެ ބެލެނިވެރި ކުންފުނިކަމަށްވާ އެސްޓީއޯގެ ވެރިން ވަނީ ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމެޓީއަށް ހާޒިރުކޮށް ސުވާލުވެސް ކޮށްފައެވެ. އެދުވަހުގެ ބައްދަލުވުމުގައި އެސްޓީއޯގެ އެމްޑީ ވިދާޅުވީ، އަމިއްލަ ފަރާތްތަކުން މަސްވެރިންނަށް ޑީސަލް ވިއްކާ އަގަށް މިފްކޯއިން މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވާނެ ކަމަށެވެ.
ފާއިތުވި 7 މަހުގެ ތެރޭގައި މިފްކޯއިން މަސްވެރިންނަށް ވިއްކަމުން އަންން ޑީސެލްގެ އަގުވަނީ އެކިފަހަރުމަތިން ބޮޑުކޮށްފެވެ. ނިމިގެން ދިޔައަހަރު ސެޕްޓެމްބަރ މަހުގެ 30 ވަނަދުވަހު މިފްކޯއިންވަނީ މަސްވެރިންނަށް 6 ރުފިޔާ 89 ލާރިއަށް ޑީސެލް ލީޓަރެއް ވިއްކާފައެވެ.



