ނޫރާއްޖެ ޕްރޮގްރާމްގެ ދަށުން ދިރާސާ ކުރުމަށް ބޭނުންކުރި ސާމާނުތައް "ގެއްލިއްޖެ"!

_oIqM_DM

ނޫރާއްޖެ ޕްރޮގްރާމްގެ ދަށުން މިޔަރާއި ބޮޑުތި މަސްތައް ދިރާސާ ކުރުމަށް ބޭނުންކުރި ސާމާނުތައް "ގެއްލިއްޖެ" އެވެ.

ފިޝަރީޒް މިނިސްޓްރީން އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަން އާއި މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓް ގުޅިގެން "ނޫރާއްޖެ" ޕްރަގްރާމްގެ ދަށުން މިމަހުގެ 13 އިން 26 އަށް މާލެ އަތޮޅާއި ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގައި ކުރިއަށް ގެންދާ ދިރާސާގައި ބޭނުންކުރަމުންދިޔަ މުޙިއްމު އާލާތްތަކެއް ގެއްލިފައިވާކަމަށެވެ. މިދިރާސާގެ ބައެއްގެ ގޮތުގައި މިޔަރާއި ބޮޑެތި އެހެން ބާވަތްތަކުގެ މަސްމަހާމެހި ފެންނަ މިންވަރު ދެނެގަތުމަށް ބޭނުންކުރާ "ބެއިޓެޑް ރިމޯޓް އަންޑަރވޯޓަރ ވީޑިއޯ"ގެ 5 ސެޓު ގެއްލިފައިވަނީ މިމަހުގެ 16 ވީ އަންގާރަ ދުވަހު ހެނދުނު މާލެ އަތޮޅު ޒިޔާރަތްފުށި ބޭރުން (04.65005N; 73.37722E) ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ. މިދިރާސާގައި ބޭނުންކުރެވުނު ބްރަވް އަކީ ބޮއެތަކާއެކު އަޑިއަށް ފައްތާގޮތަށް އަނޑަރވޯޓަރ ކެމަރާތަކާއިއެކު ފަރުމަކާކުރެވިފައިވާ އާލާތެކެވެ.

މިއާލާތްތަކާއި ގުޅޭ އެއްވެސް މަޢުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ ނުވަތަ މިއާލާތްތައް ފެނިފައިވާނަމަ، ނޫރާއްޖެ ޕްރޮގްރާމްގެ ސައިޓް މެނޭޖަރ ފާޠިމަތު ނިސްތަރަން، (7944566، fnistharan@waittinstitute.org ) ނުވަތަ ޕްރޮގްރާމް ކޯޑިނޭޓަރ  މޫސާ ޒަމީރު (7772155، moosa.zameer@fishagri.gov.mv) އާ ގުޅުއްވުމަަށް ފިޝަރީޒް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ