އައްޑޫ ސިޓީގެ 3 ރަށެއްގައި ގޭދޮށު މަސް ފެކްޓަރީތައް ތަރައްޤީކުރުމުގެ މަސައްކަތް ބަޔަކާއި ހަވާލުކުރުމުގެ މަސައްކަތް ހަލުވިކުރުވުމުގެ ބާރު އޮތީ ކައުންސިލްގެ އަތްމަތީގައި ކަމަށާއި މި މަސައްކަތް ހަލުއިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް އެދިވަޑައިގަންނަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އެމްޑީޕީން ކުރިއަށްގެންދާ "ރަށްވެހި ފަތިސް" ކެމްޕެއިނުގައި ފ.އަތޮޅަށް ޚާއްސަކޮށްގެން ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ ރައީސް ޞާލިޙް ވިދާޅުވީ މި މަޝްރޫޢަށް ބޭނުންވާ ބަޖެޓްވެސް ހަމަޖެހިފައިވާ މަޝްރޫޢެއް ކަމަށާއި، އެހެން ނަމަވެސް މަސައްކަތް ނުފެށި ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށެވެ.
" ބަޖެޓް ހަމަޖެހި ވަރަށް ގިނަ ދުވަސްވެފައި، ކައުންސިލާއި ހަވާލުކުރެވިފައި، އޮތް މަސައްކަތެއް، މިއޮތީ ހަމަ ކައުންސިލްގެ އަތްމަތީގައި ވީހާވެސް އަވަހަކަށް މިކަން ނިންމަން، ގާތްގަނޑަކަށް އަހަރެއްހާ ދުވަސްވެއްޖެ، މިކަން ނިންމާ ކައުންސިލާއި އެކު ވަކި ގޮތެއް ނުނިމި އޮންނަތާ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މަސައްކަތް އެދެވޭ ބާރު ދުވެއްޔެއްގައި ކުރިއަށް ނުދަނީ ކޯވިޑްގެ ހާލަތާއި ގުޅިގެން ކަމަށްވެސްވުން އެކަށީގެންވާ ކަމަށެވެ. އެހެން ނަމަވެސް އާ ކައުންސިލްއާއި އެކު މި މަސައްކަތް އަވަސްވެގެންދާނެ ކަމަށް އުއްމީދުކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.
ދުވާލެއްގެ މައްޗަށް ދެ ޓަނަށްވުރެ ގިނައިން މަސް އުފައްދާ ގޭދޮށު މަސް ފެކްޓަރީތަކެއް އައްޑޫ ސިޓީ ހިތަދޫ އާއި، މަރަދޫ އަދި ހުޅުދޫ މީދޫގައި ޤާއިމުކުރުމަށްވަނީ ޕްލޭން ކުރެވިފައެވެ. މިކަމާއި ގުޅޭގޮތުން ދާދިފަހުން އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވެފައިވަނީ މިހާތަނަށް އެއް ފެކްޓަރީ އަކަށް ހުއްދަ ލިބިފައިވާއިރު، އިތުރު ދެ ފެކްޓަރީ އަށް ހުއްދަ ހޯދުމުގެ މަސައްކަތް މިހާރު ހިނގަމުންދާ ކަމަށެވެ.
މިގޮތުން އަލަށް އެކުލަވާލެވުނު އުޞޫލުގެ ދަށުން އެ ދެ ފެކްޓަރީއަށް ކައުންސިލުން ހުއްދަ ދޫކުރެވޭނެ ކަމަށް ޤަބޫލުފުޅުކުރައްވާ ކަމުގައިވެސް ކައުންސިލުން ފާހަގަކޮށްފައިވެއެވެ.
އައްޑޫ ސިޓީގެ ހިތަދޫ، މަރަދޫ އަދި ހުޅުމީދޫގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ގޭދޮށު މަސްޕްލާންޓްތަކަކީ، އައްޑޫއިން މަސްކިރައ، ޕްރޮސެސްކުރުމުގެ މަސައްކަތް ކުރެވޭ ގޮތަށް ތައްޔާރުކުރާ ތަންތަނެވެ. މީގެ އިތުރުން 20 ޓަނުގެ އައިސް އުފައްދާ މި ޕްލާންޓް ތަކުގައި، 10 ޓަނުގެ މަސް ރައްކާކުރެވޭނެއެވެ. އަދި މިމަސް ޕްލާންޓު ތަކުގެ ސަބަބުން 400 ޓަނާއި 800 ޓަނާއި ދެމެދު މަސް ގަނެ ޕްރޮސެސް ކުރުމަށް މަގުފައިވެގެން ދާނެކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ.
One Response
ރައީސް އިބުރާހިމް މުހައްމަދު ސާލިހު މިހާރުއެދައް
ކަވަނީ ރަގަޅުވާހަކަ އެއްނޫން މިހާރުތޯ އައްޑޫސިޓީ ގެގެތަކު ކުރިމަތީ
މަސްފެކުޓަރީ އަޅަން ކައުންސިލާ ހަވާލުރީ