4A309438-9BBE-4B2B-9B8D-43FEE13F840F

50 ޓަނުގެ ޑީސަލާއެކު ދޯންޏެއް ފަރަށް އަރައިފި

50 ޓަނުގެ ޑީސަލާއެކު ދޯންޏެއް ފަރަށް އަރައިފިއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ ފަރަށް އަރާފައިވަނީ 50 ޓަނުގެ ޑީސަލް ބަރުކޮށްގެން މާލެއިން ފުރައިގެން ހއ. އަތޮޅަށް ދަތުރުކުރަމުންދިޔަ "ސްނޯ" ނަމަކަށް ކިޔާ ދޯންޏެއްކަމަށެވެ. އަދި ދޯނި ފަރަށް އަރާފައިވަނީ ށ.ކީކިމީނިގައި ކައިރީ އޮންނަ ބޮލިސްތާ ފަރަށްކަމަށާއި، މިހާދިސާގެ މައުލޫމާތު ލިބިފައިވަނީ ރޭ ދަންވަރު 3:00 އެހާއިރުކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

ދޯނި ފަރަށް އެރި ވަގުތު ދޯނީގައި ތިބީ ދެ ބިދޭސީންނާއި ދިވެއްސެއްކަމަށާއި، ދޯނި ފަރަށް އަރާފައިވާ ސަރަހައްދުގައި އެމްއެންޑީއެފް ނޮދަން އޭރިޔާ ކޯސްޓްގާޑު ސްކޮޑްރަންއިން ހަރަކާތްތެރިވަމުންދާކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. Haadha Avahah Thi News Thi Neruny Thi Mihaaru Fun Kuri ..Fahun Ves 2 Dhuvas Vehje