ލ. މާބައިދޫގައި އައިސްޕްލާންޓެއް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދަން ފިޝަރީޒް މިނިސްޓްރީން އަނެއްކާވެސް އިޢުލާންކޮށްފިއެވެ.
ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ މާބައިދޫގައި ޤާއިމްކުރާ 25 ޓަނުގެ (50 ޓަނުގެ ސްޓޯރޭޖާއެކު) އައިސްޕްލާންޓްގެ މަސައްކަތްތައް ކުރާނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާނާއި ގުޅިގެން ލިބިފައިވާ އަގުތައް ބޮޑުވުމާއި އަދި ބީލަމާއި އެކު ހުށަހަޅަންޖެހޭނެކަމަށް ބުނެފައިވާ ލިޔުންތައް ހުށަހަޅާފައި ނުވަތީ، އެޢިއުލާން ބާޠިލްކޮށް، މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރުމަށް ނިންމާފައިވާ ކަމަށެވެ.
ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ މި މަޝްރޫޢު ޙަވާލުކުރާނެ ފަރާތެއް ކަނޑައަޅާނީ ދައުލަތުގެ މާލިއްޔަތު ޤަވާއިދުގެ ޕްރޮކިޔުމަންޓް އުސޫލާ އެއްގޮތްވާގޮތުގެ މަތިންނެވެ. ބީލަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ކަރުދާހުގައި ބަޔާންކުރެވިފައިވާނެއެވެ.
މި މަޝްރޫޢު ބެހޭ އެންމެހައި ލިޔެކިޔުންތައް 23 މާރޗް 2021 އިން ފެށިގެން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ވެބްސައިޓުން ( www.fishagri.gov.mv) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި ބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީ މި އިޢުލާނުގައި ބަޔާންކޮށްފައިވާ ޢަދަދަށް ހުށަހަޅަށް ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީއާއިބެހޭ އިތުރު މަޢުލޫމާތު، "ބީލަމާބެހޭ މަޢުލޫމާތު ކަރުދާހު"ގައި ވާނެކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކުރެއެވެ.
މި މަޝްރޫޢު ބެހޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށާއި ރަޖިސްޓްރީވުމަށް 01 އޭޕްރީލް 2021 ގެ 13:00 ގެ ކުރިން procurement@fishagri.gov.mv އީމެއިލް ކުރުމަށް މިނިސްޓްރީން އެދެއެވެ
މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 05 އޭޕްރީލް 2021 ވަނަ ދުވަހުގެ 11:00 ގައި ބީލަން ހުށަހެޅަންޖެހެއެވެ. ބީލަން ބަލައިގަތުން އޮންނާނީ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގައެވެ.