64943A83-331A-484F-B20B-74E0D0D5E28B

މަތިވެރީގެ ހުޅަނގުން ކަނޑައިގެންދިޔަ ކަނދުފަތި ހަރުކޮށްފި

‎އއ. މަތިވެރީގެ ހުޅަނގުން ކަނޑައިގެންދިޔަ ކަނދުފަތި ހަރުކޮށްފިއެވެ.

މި ކަދުފަތި ހަރުކޮށްފައިވަނީ މަތިވެރީގެ ހުޅަނގުން އުތުރުން 15 މޭލު ބޭރުގައެވެ. މި ކަނދުފަތީގެ ނަމްބަރަކީ " އއ.އުކުޅަސް ކަނދުފަތި ނަންބަރު 542 އެވެ.
ކަނދުފައްޗެއް ކަނޑައިގެން ގޮސްފިނަމަ ލަސްނުކޮށް އެކަން ފިޝަރީޒް މިނިސްޓްރީއަން އެންގުމަށް އެ މިނިސްޓްރީން އިލްތިމާސްކުރެއެވެ.

ފިޝަރީޒް މިނިސްޓްރީއިން މިހާރު އަމަލުކުރަމުންދާ އުސޫލަކީ އެއްވެސް ސަރަހައްދެއްގެ ކަނދުފައްޗެއް ކަނޑައިގެން ގޮސްފިނަމަ، އެކަމުގެ މައުލޫމާތު ކައުންސިލްތައް މެދުވެރިކޮށް ރަސްމީކޮށް އެންގުމުން ކަނދުފަތި ހަރުކުރުމަށް މަސައްކަތް ފެށުމެވެ. އެހެންކަމުން ކަނދުފަތި ކަނޑައިގެން ދިއުމުން އޭގެ މައުލޫމާތު ކައުންސިލްތަކާއި ހިއްސާކުރުމަށް ހުރިހާ މަސްވެރިން ސަމާލުވާން ޖެހެއެވެ.
މަސްވެރިންގެ ލާބައާ މަންފާއަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 56 އޮއިވާލި ކަނދުފަތި ވަނީ ހަރުކޮށްފައެވެ. ކަނދުފައްޗެއް އެޅުމަށް ދެލައްކައަށްވުރެ ރުފިޔާ ހަރަދުވާއިރު، ކަނދުފަތީގެ ވިއުގައަށް ގެއްލުމެއް ލިބޭނެ އެއްވެސް ކަމެއް ނުކުރުމަށް ފިޝަރީޒް މިނިސްޓްރީން އިލްތިމާސްކުރެއެވެ.

މި ކަދުފަތި ހަރުކޮށްފައިވަނީ މަތިވެރީގެ ހުޅަނގުން އުތުރުން 15 މޭލު ބޭރުގައެވެ. މި ކަނދުފަތީގެ ނަމްބަރަކީ " އއ.އުކުޅަސް ކަނދުފަތި ނަންބަރު 542 އެވެ.
ކަނދުފައްޗެއް ކަނޑައިގެން ގޮސްފިނަމަ ލަސްނުކޮށް އެކަން ފިޝަރީޒް މިނިސްޓްރީއަން އެންގުމަށް އެ މިނިސްޓްރީން އިލްތިމާސްކުރެއެވެ. ފިޝަރީޒް މިނިސްޓްރީއިން މިހާރު އަމަލުކުރަމުންދާ އުސޫލަކީ އެއްވެސް ސަރަހައްދެއްގެ ކަނދުފައްޗެއް ކަނޑައިގެން ގޮސްފިނަމަ، އެކަމުގެ މައުލޫމާތު ކައުންސިލްތައް މެދުވެރިކޮށް ރަސްމީކޮށް އެންގުމުން ކަނދުފަތި ހަރުކުރުމަށް މަސައްކަތް ފެށުމެވެ. އެހެންކަމުން ކަނދުފަތި ކަނޑައިގެން ދިއުމުން އޭގެ މައުލޫމާތު ކައުންސިލްތަކާއި ހިއްސާކުރުމަށް ހުރިހާ މަސްވެރިން ސަމާލުވާން ޖެހެއެވެ.
މަސްވެރިންގެ ލާބައާ މަންފާއަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 56 އޮއިވާލި ކަނދުފަތި ވަނީ ހަރުކޮށްފައެވެ. ކަނދުފައްޗެއް އެޅުމަށް ދެލައްކައަށްވުރެ ރުފިޔާ ހަރަދުވާއިރު، ކަނދުފަތީގެ ވިއުގައަށް ގެއްލުމެއް ލިބޭނެ އެއްވެސް ކަމެއް ނުކުރުމަށް ފިޝަރީޒް މިނިސްޓްރީން އިލްތިމާސްކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!